ގއ. ކަނޑުހުޅުދޫ ފަޅުތެރެއިން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ. ކަނޑުހުޅުދޫ ކައުންސިލާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރޭގެ ފަތިސްނަމާދަށް ދިޔަ ބައެއް މީހުންނަށް މަރިވެފައި އޮއްވާ ފެނުނު މީހާ އޭނާގެ ގެ ކައިރީގައި އުޅެނިކޮށް ފެނިފައި ވެއެވެ.
އަދި އެމީހާއަކީ ސިކުނޑީގެ ބަލިކަމެއް ހުންނަ މީހެއްކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ފުލުހުން ދެންމެ މީޑިއާތަކާއި ހިއްސާ ކޮށްފައިވާ މެސެޖެއްގައި ވިދާޅުވެފައިވަނީ 24 އަހަރުގެ ފިރިހެނަކު ރޭ ފަތިހު 4:15 ހާއިރު ގެއިން ނިކުމެގެން ދިޔަގޮތަށް ޚަބަރެއް ނުވާކަމަށް 4:45 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމުގައެވެ.
އަދި އާއިލާ މީހުންނާއެކު ފުލުހުން އޭނާ ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ ސައިކަލާއެކު ރަށުގެ ފަޅުތެރޭ މޫދުންކަމަށާއި، އަދި އޭނާ ނަގައިގެން ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ނިޔާ ވެފައިވާކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުންގެ މެސެޖުގައި ވެއެވެ.
ފުލުހުން އަންނަނީ މިހަރު މިހާދިސާ ތަހުގީގު ކުރަމުންނެވެ.
ތަފްސީލު އަންނަނީ..
ކޮމެންޓު ފޮނުވާ