ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި މަގާމުގައި ހުންނެވި ޑރ. މައުސޫމްވެސް އެޕާޓީ ދޫކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރުމަށް ނިންމައިފިއެވެ.
ރަސްމީކޮށް މައުސޫމް އަދި ޖުމްހޫރީ ޕާޓީން ވަކިވިކަން ހާމަ ނުކުރި ނަމަވެސް މައުސޫމް ވަނީ ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުން ތިއްބަވާ ސޯޝަލް މީޑިއާގެ ގްރޫޕްތަކުންނާއި، އާންމު މެމްބަރުން ހިމެނޭ ގުރޫޕްތަކުންވެސް ނިކުންނަނާވަފައެވެ. މައުސޫމް ވަރަށް އަވަހަށް ރައީސް ޞާލިހަށް ތާއީދުކުރާކަން ހާމަކުރާނެ ކަމަށް ބެލެވެއެވެ.
ޑރ، މައުސޫމްއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ތާޖުރިބާ ހުރި އެއް ބޭފުޅާއެވެ. އެ ދާއިރާއިން ޕީއެޗްޑީވެސް ހާސިލް ކުރައްވާފައިވާ ޑރ. މައުސޫމަކީ ޖޭޕީގެ ލީޑަރުކަމާއި، އަދި ސިންގަޕޫރްގެ ސަފީރުކަންވެސް ކުރަައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ގާސިމްގެ ރިސޯޓެއް ކަަމަށްވާ ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ވަޒީރުކަން ލިބިވަޑައިގެންނެވި ހިސާބުން މައުސޫމް ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ނުފެނެއެވެ. ޑރ.މައުސޫމް ސިޔާސީ މައިދާނަށް ނުކުންނެވީ ޑިއާރުޕީންނެވެ. އޭގެ ފަހުން ރައީސް މައުމޫނާއި އަދި އެޕާޓީގެ ކުރީގެ ލީޑަރ އަހްމަދު ތަސްމީނު އަލީ އާއިއެކުވެސް ޑރ މައުސޫމްވަނީ މަސައްކަތްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ