ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ގާސިމްވަނީ ނަޝީދަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަ ދައްކަވާފަ

ޤާސިމްގެ ނިންމެވުމަށް ނަޝީދު މަރުހަބާ ދަންނަވައިފި

ޤާސިމްގެ ނިންމެވުމަށް ނަޝީދު މަރުހަބާ ދަންނަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވާދަ ކުރެއްވުމަށް ނިންމެވުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމާ، ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށައެޅުމަށް ފުރުޞަތު ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އަދި އެމުއްދަތު މިއަދު މެންދުރު 12:00އަށް ވަނީ ހަމަވެފައެވެ. ޤާސިމް ވަނީ މިއަދު އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅާފައެވެ.

ޤާސިމްގެ ނިންމެވުމަށް މަރުހަބާ ދަންނަވައި، ޤާސިމާއިއެކު ރިޔާސީ އިންތިޚާބުގައި ކުރިއަށް ދިއުމަށް ނިންމަވާފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޤާސިމަށް މަރުހަބާ ދަންނަވައި މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖްގައި ވިދާޅުވީ ޤާސިމްގެ ނިންމެވުމަށް މަރުހަބާ ދަންނަވާކަމަށެވެ. ޤާސިމަށް މަރުހަބާ ދެންނެވި މެސެޖުގެ ކުރިން ނަޝީދު ވަނީ ޤާސިމް އިންތިޚާބުގައި ވަދަކުރުމަށް ޖޭޕީ އޮފީހަށް ހުށަހެޅި ސިޓީވެސް މެމްބަރުންނާއި ހިއްސާ ކުރައްވާފައެވެ.

ނަޝީދު ޤާސިމަށް މަރުހަބާ ދެންނެވިއިރު، ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ވަނީ ޤާސިމަށް ތާއީދުކުރުމަށް ނިންމައި މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.

ގާސިމް މި ފަހުން ވަނީ ޖޭޕީގެ ރިޔާސީ ކެމްޕޭން ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ހަމަޖައްސަވައިފައެވެ. އިންތިހާބު ކާމިޔާބު ކުރެވޭނީ އެންމެންގެ އެއްބާރުލުމާ އެކުގައި ކަމަށް ވިދާޅުވެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ދެއްވި ދައުވަތަށް ޖޭޕީން މިހާތަނަށް ރަސްމީ ޖަވާބެއް ނުފޮނުވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އިންތިހާބަށް ވަކިން ވާދަކުރަން ގާސިމް ނިންމަވައިފި ނަމަ އެކަމަކީ ކޯލިޝަނެއްގެ ގޮތުގައި ކުރިއަށްދާން އުނދަގޫވާނެ ކަމެއް ކަަމަށާއި އެކުގައި ނުތިބެވޭ ނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *