ހއ.ދިއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފިއެވެ.
އެމްޓީސީސީން މިއަދު ބުނީ ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތުގެ %70 މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ. އެއްގަމު ތޮށީގެ ވޭރިއޭޝަން މަސައްކަތް ނިމިފައިވާއިރު، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ވަނީ %92 ފުރިހަމަކުރެވިފައިކަމަށް އެމްޓީސީސީން ބުނެއެވެ.
HA. Dhidhdhoo Harbor Extension & Jetty Construction Project is currently underway with 70% project completion. Variation quay wall block installation work has been completed, and new harbor basin dredging operations have reached 92% completion.#MTCCProjects #RayyithungeKunfuni pic.twitter.com/knmpYUhwjP
— MTCC Plc (@MTCCPlc) March 30, 2023
މި ޕްރޮޖެކްޓްގައި ހިމެނެނީ ދިއްދޫގެ ބަނދަރު ބޮޑުކޮށް ޖާގަ އިތުރުކުރުމާއި ޖެޓީ ހެދުމެވެ. ދިއްދޫގައި ބޭނުންކުރަމުން އައި ބަނދަރަކީ ގާތްގަނޑަކަށް 300 މީޓަރު ދިގު 250 ފޫޓު މީޓަރު ފުޅާ ބަނދަރެކެވެ. އަލަށް އިތުރުކުރާ ބަޔާއެކު އެރަށުގެ ބަނދަރުގެ ސައިޒު ދެގުނަ އިތުރުވާނެއެވެ.
އަލަށް ހަދާ ބަނދަރަކީ 600 މީޓާރުގެ ބަނދަރެކެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތަށް ގުޅޭގޮތުން އެމް.ޓީ.ސީ.ސީން ވިދާޅުވީ، މުޅި މަޝްރޫޢުގެ %61 މަސައްކަތް ނިމިފައިވާކަމަށެވެ. މީގެތެރޭގައި ބަނދަރާއި، ޖެޓީ ހެދުމުގެ މަސައްކަތް ހިމެނެއެވެ. ބަނދަރުގެ ބޭރު ތޮއްޓާއި އެއްގަމު ތޮށީގެ މަސައްކަތް ވަނީ ނިމިފައެވެ.
ދިއްދޫ ބަނދަރުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 75.5 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިމޭއިރު ޖެޓީއަކާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ޖެހުންވެސް ހިމެނެއެވެ.