ރައީސް ޔާމީންގެ ނުގުޑާ އަޒުމަށް، ރައްޔިތުން އެމަނިކުފާނާއިއެކު ތިބިކަން ހާމަކޮށްދީފި

ރައީސް ޔާމީންގެ ނުގުޑާ އަޒުމަށް، ރައްޔިތުން އެމަނިކުފާނާއިއެކު ތިބިކަން ހާމަކޮށްދީފި

Author
މުޙައްމަދު ޝަޒައިމް
28 ނޮވެމްބަރ 2020 08:09
0

ރައީސް ޔާމީން ޖަލަށްލާފައިވާތާ މިއަދަށް އެއް އަހަރު ފުރުނުއިރު، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ސަތޭކަ ބަޔަކު އަޑު އުފުލައިފިއެވެ.

ރައީސް ޔާމީން ޖަލުގައި އޮންނަތާ މިއަދަށް އެއް އަހަރު ފުރިގެންދާއިރު މިއަދު އިދިކޮޅު ޕްރޮގްރޮސިވް ކޯލިޝަނުން ވަނީ މުޅި ރާއްޖޭގައި މުޒާހަރާކޮށް އަޑު އުފުލާފައެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ކަހަލަ ގޮތަކަށް މިއަޑު އުފުލުންތަކުގައި ބައިވެރި ވެފައިވާއިރު، އެއްވުންތަކުން ފެނިގެން ގޮސްފައިވަނީ އަދިވެސް އެބޭފުޅުން ތިއްބެވި ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަވެ.

ކޯވިޑް19 ގެ މިހާލަތުގައިވެސް ރަށްރަށުގައި ކުރިއަށްދިޔަ މި މުޒާހަރާތަކުގައި ވަނީ ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާފައެވެ. މިއަދުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޕްރޮގްރެސިވް ކޯލިޝަނުން ކަނޑުމަތީގައި ކޮށްފައިވާ އިހުތިޖާޖެވެ. މި އިހުތިޖާޖުގައިވެސް ގިނަބަޔަކު ބައިވެރިވެފައިވާއިރު، ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނި ވަޑައިގަންނަވާ ބޭފުޅުން ދިޔައީ ކަނޑުމަތީގައި އެބޭފުޅުންގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްވި މީހުން ދީފައިވާ މެސެޖަކީ އަދިވެސް ތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކަނޑުމަތީގައި ކުރާ އިހުތިޖާޖު: ފޮޓޯ: ޕީޕީއެމް

އިދިކޮޅު ހަރަކާތްތަކަށް ސަޕޯޓް ކުރައްވާ ބޭފުޅުން މިއަދު ކުރި މުޒާހަރާތަކާއި އިއްވި އަޑުތަކަށް ރައީސް ޔާމީން ވަނީ އިދިކޮޅު ކޯލިޝަންގެ މެމްބަރުންނަށާއި، ސަރުކާރަށްވެސް ވަރުގަދަ މެސެޖެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާން ތައްޔާރަށް ހުންނެވިކަމަށެވެ. އަދި ކޮންމެ ފަދަ ޙާލަތެއްގައިވެސް ރާއްޖެ ދޫކުރައްވާ ވަޑައިނުގަންނަވާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި މިސަރުކާރުން ބަލިކުރުމަށްޓަކައި ސާބިތުކަމާއި، ހިތްވަރާއެކު ރައްޔިތުން މަސަކަތްކޮށްދެއްވުމަށް ރައީސް ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ރައީސް ޔާމީނަށްޓަކައިވެސް އަދި މިޤައުމަށްޓަކައިވެސް މިއަދު ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތަކީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއި ކޯލިޝަން ސަރުކާރު ބަލިކުރުންކަމަށާއި، ވޯޓުފޮށިން އެ ނަތީޖާ ދައްކައިދެއްވުމަށް އެމަނިކުފާނު ވަނީ ސަޕޯޓަރުންނަށައި، ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސް ޔާމީން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ކޮރަޕްޝަން ހިންގިކަމަށް ބުނެ އުފުލި މަނީލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުންނެވެ. ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ އިންސާފުން ބޭރުން ސިޔާސީ ނުފޫޒާއި ބާރު އިންތިހާއަށްވަދެ ބަކި ބަޔަކު ބޭނުންވާ ގޮތަކަށް ކޮށްފައިވާ ހުކުމެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.