ވިޔަފާރިތަކަށް އެހީވުމަށް އޭޑީބީއިން 41 މިލިއަން ޑޮލަރުގެ އެހީއެއް

ވިޔަފާރިތަކަށް އެހީވުމަށް އޭޑީބީއިން 41 މިލިއަން ޑޮލަރުގެ އެހީއެއް

ރާއްޖޭގެ ފަތުރުވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީއިން 41 މިލިއަން ޑޮލަރުގެ ފައިނޭންސް ޕެކޭޖެއް ދީފިއެވެ.

އޭޑީބީން ވަނީ މި އެހީ ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއިއެކު ފައިނޭންސް ޕެކޭޖެއްގައި ސޮއި ކޮށްފައެވެ. މި އެހީގެ ތެރޭގައި އޭޑީބީގެ ފަރާތުން ދޭ 13 މިލިއަން ޑޮލަރާއި، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީގެ ދަށުން 13 މިލިއަން ޑޮލަރާއި، ޑިވެލޮޕްމަންޓް ބޭންކް އޮފް އޮސްޓްރިއާގެ ދަށުން ދޭ 5 މިލިއަން ޑޮލަރުގެ ލޯނު ހިމެނެއެވެ. އަދި ކެނޭޑިއަން ކްލައިމެންޓް ފަންޑް ފޮރ ދަ ޕްރައިވެޓް ސެކްޓަރ އޭޝިއާ 2 (ސީއެފްޕީއެސް 2) އިން ދޭ 9 މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯނާއި އޭޑީބީގެ ޕްރައިވެޓް ސެކްޓަރ ވިންޑޯއިން ދޭ އެއް މިލިއަން ޑޮލަރުގެ ހިލޭ އެހީ ހިމެނެއެވެ.

މި ލޯނު އެހީގެ ދަށުން %60 ލޯނު ދޫކުރާނީ ރާއްޖޭގެ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. އަދި %5 ދޫކުރާނީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަށެވެ.އޭ.ޑީ.ބީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމަކީ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ސިނާއަތްކަމަށެވެ. ރާއްޖޭގެ ޖީ.ޑީ.ޕީގެ %75 އަށްވުރެ ބޮޑުބައެއް ފަތުރުވެރިކަން ހިއްސާކުރާކަމަށާއި، ކޯވިޑް-19އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނުކަން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މި ލޯނުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް އެހީއަކަށް ވެގެންދާނެކަމަށް ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތައް މި ލޯނުގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެއެވެ.

މި ލޯނުގެ ސަބަބުން ލޯނު ލިބުން ދަތިވެފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެކަމަށް އޭޑީބީން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *