މޮޓޯކޭޑު މައްސަލާގައި ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް ސިއްރު

މޮޓޯކޭޑު މައްސަލާގައި ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް ސިއްރު

Author
މުޙައްމަދު ޝަޒައިމް
29 މާރޗް 2023 12:17
0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ހުރަސް އަޅައި ސެކިއުރިޓީ ބްރީޗް ވުމުގައި އިހުމާލުވި މައްސަލަ ދިރާސާ ކުރަމުން އަންނަ މަޖިލީހުގެ 241 ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް ސިއްރުކޮށްފިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިމަހުގެ 20 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވެވި ޖަލްސާ ނިންމާލުމަށް ރައީސުލްޖުމްހޫރިއްޔާ މުލިއާގެއަށް ވަޑައިގެންނެވުމަށް ދަތުރުކުރައްވަމުން ދަނިކޮށް ޕީޕީއެމްގެ މެމްބަރުންތަކެއް ވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައެވެ.

އެ މައްސަލައިގައި 241 ކޮމިޓީން އަންނަނީ ހާލަތު ދެނެގަނެ، ރައީސްގެ ސެކިއުރިޓީ ބްރީޗް ވުމުގައި އިހުމާލުވީ ސިފައިންތޯ ނުވަތަ ފުލުހުންތޯއާއި ރައީސްގެ މޮޓޯކޭޑުގެ ރޫޓު ސޭފްތޯ ބެލިތޯއާއި ގަސްދުގައި ބަޔަކު މޮޓޯކޭޑަށް ހުރަސް އެޅިތޯ ބަލަމުންނެވެ.

މި ދިރާސާގެ ކުރިން 241 ކޮމިޓީއިން މިއަދު އޮތީ ފުލުހުންނާއި ސިފައިންނާ ބައްދަލުކުރުމަށް ނިންމައިފަ އެވެ. އެގޮތުން 11:00 ގައި ފުލުހުންނާއެކު ބައްދަލުވުން ފަށާފައިވާއިރު، 12:00 އެމްއެންޑީއެފްއާ ބައްދަލުކުރާނެއެވެ. މިއަދުގެ ކޮމިޓީގެ ޖަލްސާ ފަށަމުން ވަނީ މި މައްސަލައިގައި ކުރިއަށް ގެންދާ ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް ސިއްރު ކުރަން ނިންމައިފައެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައާ ގުޅިގެން މިހާރުވަނީ މިފަދަކަމެއް ދިމާވުމުން އެމްއެންޑީއެފްގައި ޢަމަލުކުރަމުން އަންނަ ޕްރޮސީޖަރތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާތަކުން ވަނީ އެކަހެރިކޮށްފައެވެ. އަދި ޕްރެޒިޑެންޝަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖަރ އިބްރާހިމް ޙަލީމްއާ ވަނީ ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.