އުމުރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

އުމުރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
29 މާރޗް 2023 09:05
0

އުމްރާގެ އަޅުކަން އަދާކުރަން ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވެފައިވަނީ އައްޑޫސިޓީ ހިތަދޫ، ހިޖުރަ، މުހައްމަދު ރަފީއުއެވެ. ރަފީއު ނިޔާވެފައި ވަނީ ރޯގާ ޖެހިގެން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާދެމުން ދަނިކޮށެވެ.

އޭނާ އުމްރާއަށް ދިޔައީ އަލް-އައިން ޓްރެވެލް އެންޑް ޓުއާސްގެ ފަރާތުންނެވެ.

އުމްރާގެ އަޅުކަން ކުރުމަށް ރަފީއު މައްކާއަށް ގޮސް އުޅެނިކޮށް ނިޔާވެފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ވެސް އުމްރާއަށް ގޮސް އުޅުނު ގދ. ފަރެސްމާތޮނޑާ، ދިލްދާރުގެ އާމިނަތު ރަޝީދާ ނަމަކަށް ކިޔާ 84 އަހަރުގެ އަންހެނަކު ވެސް ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.