އަޖޭ ގެ "ބޯލާ އަކީ 2 ގަޑިއިރާއި 24 މިނިޓްގެ ފިލްމްއެއް

އަޖޭ ގެ "ބޯލާ އަކީ 2 ގަޑިއިރާއި 24 މިނިޓްގެ ފިލްމްއެއް

Author
ފާތިމަތު ނާވީ
27 މާރޗް 2023 01:57
0

ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން ޑައިރެކްޓްކޮށް، ކުޅުނު ހަތަރު ވަނަ ފިލްމު "ބޯލާ" ސިނަމާތަކަށް ގެނައުމުގެ އެންމެ ފހަުގެ ތައްޔާރީތަށް ވަމުން އަންނަ އިރުގައި ފިލްމް ގެ ޕްރޮމޯޝަން ތަށް އަދި ފިލްމް އެޅުވުމުގެ ކުރިން ކުރަންޖެހޭ ގިނަ ކަންތަށްތަށް މިހާރު ވަނީ ނިމިފައިއެވެ.

މިމަހުގެ 30 ވަނަ ދުވަހު އެޅުވުމަށް ތާވަލް ކޮށްފައިވާ މި ފިލްމްގެ ދިގުމިން މިހާރު ވަނީ ހާމަ ކޯށްފައިއެވެ. އެގޮތުން ފިލްމް އަކީ 2 ގަޑި އިރާއި 24 މިނިޓްގެ ފިލްމް އެއް ކަމަށް ވެއެވެ.

"ބޯލާ"ގެ ނަން ދީފައިވާ މި ފިލްމަކީ 2019 ވަނަ އަހަރުގެ ކާމިޔާބު، ތަމަޅަ އެކްޝަން ތުރިލާ "ކައިތީ"ގެ ރިމޭކެކެވެ. އެ ފިލްމުގައި ދައްކުވައިދެނީ ޖަލުން މިނިވަންވާ ގައިދީއަކު އޭނާ މިނިވަންވާ ރޭ ސްމަގުލް ގޭންގެއްގެ ކިބައިން ފުލުހުން ސަލާމަތްކުރުމަށް ކުރާ މަސައްކަތެވެ.

އެކަން އޭނާ ކުރަނީ ޔަތީމުހާނާއެއްގައި ހުރި އޭނާގެ ދަރިފުޅާ ބައްދަލުކުރުމަށް ބޭނުންވާތީއެވެ. އަދި ފުލުހުން އޭނާއަށް އެކަމުގައި ވާ އެހީތެރިކަން ފިލްމުގައި ވަރަށް ފުރިހަމަ އަށް ދައްކުވައިދޭނެއެވެ.

ގާތް ދެ އެކުވެރިން ގެ އިތުރުން އެކުގައި ފިލްމް ތަކެއްވެސް ކުޅެފައިވާ މި ދެ އެކްޓަރުން އެކުގައި ފެނިގެންދާ 9 ވަނަ ފިލްމް އަކީ މިއަހަރުގެ ވަރަށް އުންމީދީ ފިލްމް އެއް ވެސް މެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.