ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާން އަލުން ރަޖިސްޓްރީވާން ހުޅުވާލައިފި

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލާން އަލުން ރަޖިސްޓްރީވާން ހުޅުވާލައިފި

ގުޅުންހުރި

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުން ރަށްވެހިވެފައިވާތރަން ނޫން އެހެންތާކުގައި ވޯޓުލުމަށް ރަޖިސްޓަރީވާން ހުޅުވާލައިފިއެވެ.

މި ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. އަލުން ވޯޓަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އިންތިޚާބަށް ރަޖިސްޓަރީވާން ޖެހެނީ ކ.ގުރައިދޫ، ކ.މާފުށި އަދި ކ.ގުޅީގެ ރައްޔިތުންގެ ތެރެއިން ވޯޓުލުމަށް ޝަރުޠު ހަމަވާ އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން އެދޭ މީހުންނެވެ.

ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ގޮސް ފޯމު ހުށަހަޅައިގެންނެވެ.

އަންނަ މަހުގެ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވަނީ ތިން ކެނޑިޑޭޓެކެވެ. ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ.

މިއިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަނީ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާއެވެ. އެމްޑީޕީން ވާދަކުރަނީ އެޕާޓީން ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރި އިބްރާހީމް ޝާޒްއެވެ. އެމްއެންޕީން ވާދަކުރަނީ އަލީ އާރިފްއެވެ.

ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ވެފައިވާ ގޮތް:

ކެނޑިޑޭޓް ނަންބަރު 1 – ޙުސައިން ރިޒާ، ޕީޕީއެމް
ކެނޑިޑޭޓް ނަންބަރު 2 – އިބްރާހީމް ޝާޒް، އެމްޑީޕީ
ކެނޑިޑޭޓް ނަންބަރު 3 – އަލީ އާރިފް، އެމްއެންޕީ

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި 3 ދައުރުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ރިޒާ އަވަހާރަވުމާއި ގުޅިގެން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ