ފިކުރެއްގެ ދިރުމަކީ މިފަހަރު ކިންގމޭކާ: އިންތި

ފިކުރެއްގެ ދިރުމަކީ މިފަހަރު ކިންގމޭކާ: އިންތި

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2023 08:31
0

އެމްޑީޕީގެ ރައީސް މުހައްމަދު އިސްކޮށް ހުންވައިިގެން ހިންގާ ފިކުރެއްގެ ދިރުމުގެ ހަރަކާތަކީ މިއަހަރު ބާއްވާ ކިންގ މޭކާއަށް ވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިންތިޔާޒް ފަހުމީ، އިންތި ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ފިކުރެއްގެ ދިރުމަށް ތާއީދުކުރައްވާ ބޭފުޅުންނާއި ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ނުކުރަން ނިންމައި، ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއިއެކު ކުރިއަށް ދިއުމަށް މަޝްވަރާތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން ބޭއްވި ރިިޔާސީ އިންތިޚާބުގައި ކިންގ މޭކާއެއްގެ ދައުރު އަދާކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމެވެ. މިހާތަނަށް ބޭއްވި ހުރިހާ އިންތިޚާބެއްވެސް ކާމިޔާބު ވެފައިވަނީ ޤާސިމް ތާއީދު ކުރި ކެނޑިޑޭޓެކެވެ. ނަމަވެސް މިފަހަރުގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއިއެކު އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތުވެސް ޤާސިމަށް އެބައޮތެވެ.

ރައީސް ނަޝީދު އިސްކޮށް ހުންވައިގެން ކުރިއަށް ގެންދާ ފުކުރެއްގެ ދިރުމުގެ ހަރަކާތާއި ބައި ލައްކައަށްވުރެ ގިނަ މީހުން ގުޅިފައިވާކަމަށް އެހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ގުޅުން ގޯސްވެ ދެބޭފުޅުންގެ މެދުގައި އެއްވެސް މަޝްވަރާއެއްވެސް ކުރެވިފައި ނުވެއެވެ. ރައީސް ޞާލިހު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ އެއްވެސް މަޝްވަރާއެއް ރައީސް ޞާލިހާއި ކުރައްވާފައި ނުވާކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުގެ ތާއީދު އޮތީ ޖުމްހޫރީ ޕާޓީއަށެވެ. ޖުމްހޫރީ ޕާޓީއާއި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ދަނީ ދެފަރާތުން ގަބޫލުކުރާ ސިޔާސަތުތައް ކަނޑައަޅައި މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސާޖް
ލިޔުނު މީ ހާ އަދި އެއްފަހަރު މިލިޔުން ކިޔާލަބަލަ °ރައީސްޞާލިހު ވިދާޅުވީ ރައީސް ޞާލިހާ ބައްދަލު ނުކުރާކަމަށް* ހެހެހެ
ބ ބިރުބޮޑު
ބޮޑު ފަކުރު މޭކަށްވާނީ ގިންތި މުންޖޭކިޔާބަލ ވަރަށް ވަރަށް ސާފް
ދ ދީދީ
ބޮޑުވަޒީރުކަމުގަދަހިވެތިކަމުގައުޅޭފިކުރެއްގެދިރުން