ކަދުރު ރުއް ދޮށުގައި އިންދި ބޯގަންވިލާ ގަސްތައް ވަގަށް ނަގަނީ!

ކަދުރު ރުއް ދޮށުގައި އިންދި ބޯގަންވިލާ ގަސްތައް ވަގަށް ނަގަނީ!

Author
ޢަލީ އާދަމް
25 މާރޗް 2023 07:00
0

މާލޭގެ ބޮޑުތަކުރުފާނު މަގު ޒީނަތްތެރިކުރުމުގެ ގޮތުން އެ މަގުގައި އިންދާފައިވާ ކަދުރު ރުއްތަކުގެ ބުޑުގައި މާލޭ ސިޓީ ކައުންސިލުން އިންދި ބޯގަންވިލާ ގަސްތައް ވަގަށް ގެންދާ މައްސަލަ ބޮޑުވެފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެެވެ.

މިކަން ފާހަގަކުރައްވައި މިފަދަ ކަންކަން ނުކުރުމަށް މާލޭ ސިޓީ ކައުންސިލލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ބޮޑުތަކުރުފާނު މަގުގައި ސިޓީ ކައުންސިލުން އިންދާފައިވާ ކަދުރުއްތަކުގެ ބުޑު ޒީނަތްތެރިކުރުމުގެ ގޮތުން ދާދިފަހުން އެކައުންސލުން ވަނީ މާލޭގެ މަގުތަކުން ނަގާ ލަކުޑި ޕެލެޓުތަކުގެ ލަކުޑި ބައިތައް ބޭނުންކޮށްގެން ޒީނަތްތެރިކޮށްފައެވެ. އަދި ކަދުރުރުއްތަކުގެ ބުޑުގައި ބޯގަންވިލާ ގަސްތައް އިންދައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަލީމު
ހީވަނީ ކަދުރު ރުއްތަކަށް މާގިނައިން ފެންންދޭތީ ބޯގަންވިލާ ހަކާކުވީހރން