ޖެންޑަރ މިނިސްޓްރީއަށް ފިލްމެއް ހައިދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފި

ޖެންޑަރ މިނިސްޓްރީއަށް ފިލްމެއް ހައިދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފި

Author
ޢަލީ އާދަމް
25 މާރޗް 2023 06:48
0

ޖެންޑަރ މިނިސްޓްރީއަށް ފީޗަރ ފިލްމެއް ހަދައިދޭނެ ބަޔަކު ހޯދަން އެމިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

މިއީ އެ މިނިސްޓްރީން ކުރިއަށް ގެންދާ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ހަދަން ބޭނުންވާ ފިލްމެކެވެ. މިކަމަށް ބަޔަކު ހޯދަން އެމިނިސްޓްރީން ކޮށްފައިވާ ޢިއުލަނުގައި ވަނީ ހަދަން ބޭނުންވާ ފިލްމަކީ ދެމަފިރިއެއްގެ ފުރިހަމަ ބައިވެރިވުމާއެކު ކުރެވޭ މަސައްކަތުން އާއިލާއަކަށް ލިބޭ ހަމަޖެހުމާއި އުފާވެރިކަމާއި ކުރިއެރުން ދައްކުވައިދޭ ފިލްމަކަށް ވާންޖެހޭނެކަމަށެވެ. 

ޢިއުލާނުގައިވާގޮތުން 90 މިނެޓަށް ހަދަންޖެހޭ މިފިލްމުގެ ވާހަކައާއި ސްކްރިޕްޓުފަދަ އެންމެހައި ކަންކަންވެސް ކުރަންޖެހެނީ ފިލްމު ހަދަން ޙަވާލުވާ ފަރާތުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަމިއްލަ
ސަރުކާރުންް ފިލްމުކުޅުމާާ ޑްރާމާާ ކުޅުންހުއްޓާލާާ ރައްޔިތުންނައްް ފައިދާކުރާކަންކަންކުރުންް މާރަގަޅުވާނެެ ތީފިލްމުކުޅޭމީހުންނާާ ޑްރާމާކުޅޭމީހުންގެެ ވިސްނުންތޯމިހާރުު ޑްރާމާކުޅެގެންް ރައްޔިތުންބަލައެއްނުގަނޭޭ