ކެމްޕެއިންގެ ޕްލޭނިންއާއި ގުޅުންހުރި މަސައްކަތްތައް އަމީންއާއި ހަވާލުކޮށްފި

ކެމްޕެއިންގެ ޕްލޭނިންއާއި ގުޅުންހުރި މަސައްކަތްތައް އަމީންއާއި ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
24 މާރޗް 2023 12:06
0

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޕްލޭނިންއާއި ގުޅުންހުރި މަސައްކަތްތައް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރައްވާ އިސްބޭފުޅެއްގެ ގޮތުގައި އެޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ހަމަޖައްސަވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކެނޑިޑޭޓަކު ނެރުމަށް ނިންމައި، އެޕާޓީން އިސްވެއޮވެ ޕާޓީތަކާއި ހަދާ ކޯލިޝަނުން ވެރިކަމަށް އައުމަށް އެޕާޓީގެ ކައުންސިލުން ވަނީ ނިންމާފައެވެ. މިއާއިއެކު އެޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީއާ އެކު ކޯލިޝަން ހެދުމަށް ސިޔާސީ ޕާޓީތަކާ އެކު ބާއްވާ މަޝްވަރާތަކުގައި ޖޭޕީގެ ފަރާތުން ބައިވެރިވާނެ ބޭފުޅުންގެ ކޮމިޓީއެއް އުފައްދާފައެވެ.

މި ކޮމިޓީގައި ތިއްބަވަނީ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިނާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ

ޖޭޕީން ވަނީ މިއަދު އެޕާޓީގެ ކެމެޕެއިން ހަރަކާތްތައް ޕްލޭންކޮށް ކެމްޕޭނާއި ގުޅުންހުރި މަސައްކަތްތައް ކުރައްވާނެ ބޭފުޅެއްގެ ގޮތުގައިވެސް އަމީން އިބްރާހިމް ހަމަޖައްސާފައެވެ. ޖޭޕީއަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނޭ އަމީން މިމަޤާމަށް ހަމަޖެއްސެވީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޕްލޭނިންއާއި ގުޅުންހުރި މަސައްކަތްތައް ކުރެއްވުމަށް ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމްއާއި މިއަދުު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ހަވާލު ކުރައްވައިފިއެވެ. ޖުމްހޫރީީ ޕާޓީގެ އެންމެ ބޭފުޅުން ޑެޕިއުޓީ ލީޑަރު އަމީން އަށް ދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފަ.

– ޖުމްހޫރީީ ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން، ގާސިމް ވެސް ވަނީ އެކިއެކި ބޭފުޅުންނާ ބައްދަލު ކުރައްވައިފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހިމެނިވަޑައިގަންނަވައެވެ. ގާސިމް އެންމެ ފަހުން ބައްދަލު ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫންއާއެވެ.

އޭގެކުރިން، އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާނާއި ރައީސް ސޯލިހް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބުންނާ ވެސް ބައްދަލު ކުރެއްވިއެވެ. އަދި ގާސިމްގެ ފަރާތުން، އޭނާގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވަނީ ތިން ފަހަރެއްގެ މަތިން ނަޝީދާ ބައްދަލު ކުރައްވައިފައެވެ.

ގާސިމް ވަނީ 2008 ވަނަ އަހަރާއި 2013 ވަަނަ އަހަރުވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިފައެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ލީޑަޝީޕްގެ ގިނަ ބޭފުޅުން ގަބޫލު ކުރައްވައެވެ. އެ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ އެންމެ ފުރުސަތު ބޮޑު ބޭފުޅަކީ ގާސިމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.