ސަރުކާރުގެ އެކި ވަޒީފާގައި ތިއްބެވި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންގެ ތެރެއިން ރައީސް ޞާލިހަށް ތާއީދު ނުކުރާ އެއްވެސް ބޭފުޅަކު މަޤާމުން އިސްތިއުފާ ދޭން ނުޖެހޭކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ސަރުކާރުގައި ހިމެނޭ އެމްޑީޕީގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން މަޤާމުތަކުން ވަކި ކުރުމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އެސްޓީއޯގެ އެމްޑީ އަމްރުފަދަ ބޭފުޅުން މަޤާމުން ވަކި ކުރުމަށް ގޮވާލާ އަޑުވަނީ ގަދަވެފައެވެ.
މަޤާމުތަކުގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުންގެ ތެެރެއިން ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ވަކި ކުރުމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ނަޝީދުގެ އަނެއް ދިވެހިރާއްޖެ އެކައުންޓުން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްޑީޕީގެ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންނަކީ އެމްޑީޕީން ހުށަހެޅި ނަންތަކަށް ބަލައި ދީފައިވާ ވަޒީފާތަކެެއް ކަމަށެވެ. އެއީ ރައީސަކަށް ހުންނެވި ބޭފުޅެއްގެ ހެޔޮފުޅުކަމުން ދީފައިވާ މަޤާމުތަކެއް ނޫންކަމަށެވެ.
ސަރުކާރު މަޤާމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަޤާމެއް ނޫން. މަޤާމުގައި ތިއްބެވީ އެމްޑީޕީން ހުށަހެޅި ބޭފުޅުން. އިސްތިއުފާދޭކަށް ނުޖެހޭނެ. އަދި ރައީސުލްޖުމްހޫރިއްޔާ އަށް އެބޭފުޅުން ވަކިވެސް ނުކުރެވޭނެ. އެބޭފުޅުންނަކީ ވަޒީފާ ގެއްލިދާނެތީ ޒަމީރު ޤުރުބާން ކުރައްވާނެ ބައެއް ނޫން.
– ރައީސް ނަޝީދުގެ އަނެއް ދިވެހިރާއްޖެ އެކައުންޓުން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އެމްޑީޕީގެ ނިމިދިޔަ ރިޔާސީ ޕްރައިމަރީގައި، ރައީސް ސާލިހު ވަޒީފާ ދެއްވައިގެން ސަރުކާރުގެ އިސް މަގާމްތަކުގަ ތިއްބެވި ބައެއް ބޭފުޅުން، ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ، އަދި ކެމްޕޭނަށްވެސް ނިކުންނަވާފައި ވެއެވެ. މިގޮތުން، ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ އެސްޓީއޯގެ އެމްޑީ އަދި ސީއީއޯގެ މަގާމުގައިވެސް ހުންނެވި ހުސެއިން އަމްރުގެ އިތުރުން، ސަރުކާރުގެ އެގްރޯ ކުންފުނީގެ އެމްޑީގެ ގޮތުގައި ހުންނެވި ހާރޫން ރަޝީދުއާއި އަދި ބައެއް ކުންފުނިތަކުގެ ޑީއެމްޑީންގެ މަގާމްގައި ތިއްބެވި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންވެސް ވަނީ ރައީސް ސާލިހާއި ދެކޮޅަށް ކެމްޕޭން ކުރައްވާފައެވެ. މިއަދާއި ހަމައަށް އައިއިރު މިއިން އެއްވެސް ބޭފުޅަކު މަގާމުން ދުރުކޮށްފައެއް ނުވެއެވެ.
2 Responses
ރައްޔިތުން އަނެއްކާވެސް ނަސީދުއައް ވެރިކަންް ދޭޏްވީ އަނެއްކާވެސް 2އަހަރު ވެރިކަމުގަ ހުރެމަ މަށަކައްނުވާނޭ ކިޔާފަވެރިކަންދޫކޮއްލަންތަ
ކަލެޭ އަޱު އެހިންތ މަށަކަށްނުވަެނެ އެބުނި އަޱު؟