އެމްޑީޕީގެ "ބޭފުޅުން ކޮޅަކާ"އެކީ ކުރިޔަށް ދިޔައީ އެކީގައި ކުރަންހުރި މަސައްކަތްތަކާ ގުޅޭ މަޝްވަރާތައް: އަމީން

އެމްޑީޕީގެ "ބޭފުޅުން ކޮޅަކާ"އެކީ ކުރިޔަށް ދިޔައީ އެކީގައި ކުރަންހުރި މަސައްކަތްތަކާ ގުޅޭ މަޝްވަރާތައް: އަމީން

Author
ހުސެއިން
22 މާރޗް 2023 11:59
0

އެމްޑީޕީގެ ނަޝީދު ފެކްޝަނާއެކީ މިރޭ ޖުމުހޫރީ ޕާޓީން ކުރިޔަށް ގެންދިޔައީ ކުރިޔަށް އޮތް ރިޔާސީ އިންތުޚާބުގައި ދެބައި ގުޅިގެން ކުރިޔަށް ދިއުމަށް ކުރަންހުރި މަސައްކަތްތަކާބެހޭ މަޝްވަރާތަކެއް ކަމުގައި، ޖުމުހޫރީ ޕާޓީގެ ނާއިބު ލީޑަރ އަމީން އިބުރާހިމް ވިދާޅުވެއްޖެއެވެ.

މިރޭ ނަޝީދު ފެކްޝަންއާއި ޖޭޕީން ބޭއްވި މަޝްވަރާތަކަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމަށްފަހު، ނަޝީދު ފެކްޝަނުން މަޝްވަރާތަކުގައި ބައިވެރިވި ފަރާތްތަކަކީ، "އެމްޑީޕީގެ ބޭފުޅުންކޮޅެއްގެ" ގޮތުގައ މޭރުން ކުރައްވަމުން އަމީން އިބުރާހިމް ވިދާޅުވީ ދެބައި މީހުން ގުޅިގެން އެކީގަ މަސައްކަތް ކުރަން ޖެހިއްޖެނަމަ، ރައްޔިތުންނާއި ހަމައަށް، އަދި ރައްޔިތުންގެ އެދުންތަކާއި މަގުސަދުތައް ހާސިލްކޮށްދިނުމަށްޓަކާ ގެންނާނެ ސިޔާސަތުތަކާއި ޕްރޮގްރާމްތަކާއި ގުޅޭގޮތުން މިރޭ ޚިޔާލު ބަދަލު ކޮށްފައިވާ ކަމުގައެވެ.

އެހެންވީމާ އަޅުގަޑުމެން ދެބައި މީހުން ގުޅިގެން އެކީގަ މަސައްކަތް ކުރާކަމަށް ވަންޏާ، ރައްޔިތުންނާއި ހަމައަށް، ރައްޔިތުންގެ އެދުންތައް، މަގުސަދުތައް ހާސިލްކޮށްދިނުމަށްޓަކާ އަޅުގަޑުމެން ގެންނާނެ ސިޔާސަތުތައް، އަޅުގަޑުމެން ގެންނާނެ ޕްރޮގްރާމްތަކަކާ، މިކަމާބެހޭގޮތުން އަޅުގަޑުމެން ޚިޔާލު ބަދަލު ކޮށްލުން.

އެމްޑީޕީގެ ނަޝީދު ފެކްޝަންގެ މަންދޫބުންނާއެކު ބޭއްވުނު ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން އިބުރާހިމް ވިދާޅުވިއެވެ. އަދި އަމީން ވިދާޅުވީ މިއީ އަދި ފެށުމެއް ކަމުގައެވެ.

މިރޭ ކުނޫޒުގައި ބޭއްވުނު ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، އެމްޑީޕީގެ ނަޝީދު ފެކްޝަނުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ، މިރޭކުރެވުނު މަޝްވާރާއިން ނިންމުނު އެއްކަމަކީ އެކުގައި މަސައްކަތް ކުރަން ފަށާއިރު މެނިފެސްޓޯއެއް ހަދަން ފެށުމަށް ކަމަށެވެ.

އަދި އޭނާ ވިދާޅުވީ މިރޭގެ މަޝްވަރާތަކުގެ އަލީގައި ދެން ކުރިޔަށްދާނީ އިތުރަށް ނަޝީދުއާއި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމުގައެވެ.

ރިޔާސީ އިންތިޚާބުގައި ޖޭޕީއާއި ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން ކޯލިޝަން ހެދުމާއި ހަމައަށް ގޮސްފައިވާއިރު، އެމްޑީޕީން ދަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުއަށް އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެމްޑީޕީއާއިއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތާއި، އެމްޑީއޭއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސޭނުބެ
މިއީ އަމިއްލައަށް މެނިފެސްޓޯއެއް ހަދާލެވޭ ވަރުގެ ޕާރޓީއެއްވެސް ނޫން ހެއްޔެވެ؟ ނަޝީދު ބައިވެރި ކޮއްފިއްޔާ އަެގެ ތެރެއަށް ސެކިޔުލަރ އަދި ލިބަރަލް ފިކުރުގެ ބައިތައް ވަދެ އިސްލާމް ދީނާ ފުށުއަރާ ކިތަންމެކަމެއް ހިމެނޭނެއެވެ.