ރައީސް ޔާމީން އެކަހެރި ކޮށްފައިވަނީ މިސަރުކާރު ބަލިކުރާނެކަން ޔަގީންވުމުން: ޤައްސާން

ރައީސް ޔާމީން އެކަހެރި ކޮށްފައިވަނީ މިސަރުކާރު ބަލިކުރާނެކަން ޔަގީންވުމުން: ޤައްސާން

Author
މުޙައްމަދު ޝަޒައިމް
28 ނޮވެމްބަރ 2020 02:17
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަހެރިކޮށް ޖަލަށް ލާފައިވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެމަނިކުފާނާއި ވާދަވެސް ކޮށްލެވޭނެ ބޭފުޅެއްނެތި، ބޮޑުތަނުން ކާމިޔާބު ހޯއްދަވާނެކަން ޔަގީންވާތީ ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް ޤައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ޖަލުގައި އޮންނަވާތާ އެއް އަހަރު ފުރުމާއި ގުޅިގެން ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލައި ޤައްސާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ޔާމީނަށް ދެމުންދަނީ ނުހައްގު އަނިޔާތަކެއް ކަމަށެވެ. އެމަނިކުފާނަށް މިސަރުކާރުން ދެމުންދާ އަނިޔާތަކަކީ ސިޔާސީ މައިދާނުން އެމަނިކުފާނު ހޯއްދަވާނެކަން ޔަގީންވާ ކާމިޔާބީތަކަށް ޖެހިލުންވާތީ ދޭ އަނިޔާތަކެއްކަމަށް ޤައްސާން ވިދާޅުވިއެވެ. އަދި އެމަނިކުފާނު ސަލާމަތުން ދިވެހި ރައްޔިތުންނާއިއެކު ހުރެއްޖެނަމަ މިޤައުމަށާއި، ރައްޔިތުންނަށް އެތަކެއް ކާމިޔާބީތަކެއް ހޯދައި ދެއްވައި، ސިޔާސީ މައިދާނުގައި ބޮޑުތަނުން ކާމިޔާބް ހޯދުމަކީ މިސަރުކާރަށް ހަޖަމްކުރެވޭ ކަމެއް ނޫންކަމަށް ޤައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާއި މިއަދު ކަނޑުމަތީގައާއި، މުޅި ރާއްޖޭގައި އިޚުތިތާޖު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ޖަލުގައި އޮންނަވާތާ އެއް އަހަރު ވެފައިވާއިރު، ރައީސް ޔާމީންގެ ޝަރީއަތުގެ އިސްތިއުނާފުގެ ޝަރީއަތް ނިމި ހުކުމް ކުރުން ތާވަލް ނުކޮށް އެތައް ދުވަހެއް ވަނީ ވެގެން ގޮސްފައެވެ. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގޮސްފައިވާ ގޮތާއިމެދު އިދިކޮޅުން ގިނަ ސުވާލުތަކެއް އުފައްދަވާއިރު، އެމަނިކުފާނަށް ހުކުމް ކުރަން އެއް ގަޑިއިރަށް ވެފައި ވަނިކޮށް އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދެވި ޤާޒީވަނީ ވަނީ ސަސްޕެންޑް ކޮށްފައެވެ.

ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނުގެ އިސްތިއުނާފުގެ ޝަރީއަތުގެ ހުކުމް ކުރަން ލަސްކުރަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އޮތުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.