ރަސްކަމުގައި ހުއްޓަސް ސަލާން ޖަހަން ގެންގުޅުނު ނާށިގަނޑުމަތިން ހަނދާން ނައްތާނުލާ: ޤާސިމް

ރަސްކަމުގައި ހުއްޓަސް ސަލާން ޖަހަން ގެންގުޅުނު ނާށިގަނޑުމަތިން ހަނދާން ނައްތާނުލާ: ޤާސިމް

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2023 08:38
0

ރަސްކަމުގައި ހުއްޓަސް ސަލާން ޖަހަން ގެންގުޅުނު ނާށިގަނޑުމަތިން ހަނދާން ނައްތާނުލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށް ޖުމްހޫރީ ޕާޓީން ދަނީ އެކި ޕާޓީތަކާއި މަޝްވަރާކޮށް ކޯލިޝަން ހެދުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. މިގޮތުން ރައީސް ޞާލިހާއިއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއާއި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއާއިވެސް ޖުމްހޫރީ ޕާޓީން ވަނީ މަޝްވަރާކޮށްފައެވެ.

ކޯލިޝަން ހެދުމުގެ މަޝްވަރާގެ ތެރެއިން އެމްއާރުއެމްގެ ޒައީމް ރައީސް މައުމޫންގެ އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޤާސިމް ވަނީ ރިޔާސީ އިންތިޚާބަށް ގުޅިގެން އެކީގައި ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރަމުންދާކަމަށެވެ. ސަރުކާރުގައި މިހާރުވެސް ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުން އެކި މަޤާމުތަކުގައި ތިއްބެވިއިރު، ބައެއް ބޭފުޅުން ވަނީ ރައީސް ޞާލިހަށް ތާއީދުކޮށް ޖޭޕީންވެސް ވަކިވެފައެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މިހާލަތުގައި އަމަލު ކުރައްވަމުންދާ ގޮތާއި ގުޅޭގޮތުން އެއްވެސް ހާސްކަމެއްނެތި ސަމާސާ ރާގެއްގައި ޤާސިމް ވިދާޅުވީ ތިމާއާއިމެދު މިހާ ދުވަހު ކަންކަން ކޮށްދިން މީހާގެ މަތީން ހަނދާން ކުރުމަކީ އޮންނަ ކަމެއްކަމަށެވެ.

އަޅުގަނޑު ދަންނަވަން ބޭނުމީ އެންމެ ވާހަކައެއް، އަޅުގަނޑުމެންގެ ހަރުމީހުން ނުވަތަ ބުއްދުވެރިން ބުނަނީ، ތިމާ ރަސްކަމުގަ ހުއްޓަސް ތިމާ ސަލާން ޖަހަން މަގުމަތީގައި އުޅުނު ދުވަހު ގެންގުޅުނު ނާށިގަނޑުގެ މަތިން ހަނދާން ނައްތައިނުލާށޭ.

– ގާސިމް ވިދާޅުވިއެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ އެކުގައި ކޯލިޝަން ނުހަދަން ނިންމައި އިންތިހާބުގެ ފުރަތަމަ ބުރުގައި ވަކިން ވާދަ ކުރަން ނިންމައިފައެވެ. އަދި ޖޭޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މުލިއާގޭގައި ބޭއްވި ބައްދަލުވުމަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭތޯ ނުވަތަ އެ ބޭފުޅުން ވަކި ކުރުމުގެ ވިސްނުން ގެންގުޅެންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ހަމަގައިމުވެސް ހިޔާލު ތަފާތުވާ ބަޔަކާ އެކީގައި ކެމްޕެއިނެއް ނުކުރެވޭނެ ކަމަށާއި އެއީ ވަރަށް ސާފުކޮށް އޮތް ކަމެއް ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް އިން ކެންޑިޑޭޓަކު ނެރޭ ކަމުގައި ވާނަމަ، ކެމްޕެއިން ކުރިއަށްދާ އިރު ހިޔާލު ތަފާތުވުންތައް އޮންނާނެ ކަމަށެވެ. އެ ހިސާބުން އެއަށް ވާހަކަ ދައްކާ ގޮތެއް ނިންމަން ޖެހޭ ހާލަތެއް އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު އަމަލު ކުރާނެ ގޮތަކާ މެދުގައި ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނިކޮބާ
ތީ ފުނިޔޭގެ ދަޅަޔަަށް ހެއްލިފައިވާ މީހެއް މިހާރަކު ހަނދާނެއް ނުވާނެ މީހަކު.ކަމެއް ކޮއްދިންކަމެއް. ވަރަށް ބޮޑާވެ ކިބުރުވެރިވެފަ އެ ހުރީ. ހީކުރަނީ ތިމާގެ މޮޅުކަމުންން ނޭ އާދެވުނީ
އ އިސްލާމް
ރިސޯޓެއް ނެތެއްކަމަކު ލާދީނިއްޔަތަށް މި ރާއްޖެ މަޑުމަޑުން އަނބުރަމުންދާ ވެރިޔަކަށްވެސް ދީން ދެކެ ލޯބިވާ މީހަކު ވޯޓެއް ނުދޭނެ. ރާޢޖޭގެ އިސްލާމީ ވަހުދަތު ވެއްޔާ މޮޑެލަމުންދާ ވެރީން މި ފަހަކަށް އައިސް މުޅީންވެސް ރާއްޖޭގައި ވެރިކަން ކުރީ. ޑިމޮކްރަސީއޭ ކިޔައިގެން ހުސް ހާވަނީ ހަޑި. އެއްކައުވަންތަ ޖައްބާރުވަންތަ ﷲ ހަނދުމަ ކުރާ ވެރިޔަކު މިހާރު މި ޤައުމަކު ނެތް.
ގ ގާސިމްބެ
މަނިކުފާނު ތި އުޅުއްވަނީ ވެރިކަމުގެ ހުވަފެނުގައިވެސް ނާށިގަނޑު ހަދާންނެތިގެން ދެން ވެރިކަމުގައި ތިބިމީހުންނަށް ކިހާވަރެއް ވާނެތޯ
ހ ހުސޭނުބެ / ހުޅުމާލެ
މިއުޅެނީ ބަޔަކު މީހުން އަމިއްލަ އެދުމުގައި ގާސިމްށް ލަޑެއްދޭށެވެ. ދިވެހިރާއްޖޭގައި މިތިބި މުސްލިމުންނެއް އެންމެ ގިނައިން ބަނގުރާ ވިޔަފާރިކުރާ ސްޕާ ހިންގާ މީހާއަށް ވެރިކަމެއް ނުދޭނެއެވެ. ދީފިނަމަ، އެކުރެވެނީ އިސްލާމް ދީނަށް ފުރައްސާރައެވެ. އެފަދަ ކަމެއް މި ދިވެހިންނެއް ހަމަހޭގައި ނުކުރާނެއެވެ. ދިވެހިންނަކީ ދީންދެކެ އިންތިހާއަށް ލޯބިވާ ބަޔެކެވެ.
އ އިސްލާމް
ރިސޯޓެއް ނެތެއްކަމަކު ލާދީނިއްޔަތަށް މި ރާއްޖެ މަޑުމަޑުން އަނބުރަމުންދާ ވެރިޔަކަށްވެސް ދީން ދެކެ ލޯބިވާ މީހަކު ވޯޓެއް ނުދޭނެ. ރާޢޖޭގެ އިސްލާމީ ވަހުދަތު ވެއްޔާ މޮޑެލަމުންދާ ވެރީން މި ފަހަކަށް އައިސް މުޅީންވެސް ރާއްޖޭގައި ވެރިކަން ކުރީ. ޑިމޮކްރަސީއޭ ކިޔައިގެން ހުސް ހާވަނީ ހަޑި. އެއްކައުވަންތަ ޖައްބާރުވަންތަ ﷲ ހަނދުމަ ކުރާ ވެރިޔަކު މިހާރު މި ޤައުމަކު ނެތް.
މ މަރިޔަމް ދައިތަ
ވަރަށް ރަނގަޅު ވާހަކައެެއް! އަދި މި ގުޅެނީ ދީނަށް ފުރައްސާރަ ކުރާ އަންނިއާއި އޭނާގެ ޓީމު! ދެން މިމީހުންގެ ވެރިކަމެއްގަ ދީނުގެ ކަންކަން އޮންނާނެ ގޮތް ހިތައް ގެންނަވާ