ގދ.މަޑަވެލީގައި ފިރިހެނަކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެއްޖެއެވެ.
ވީޑިއޯއިން ފެންނަ ގޮތުން އެފިރިހެން މީހާ ވަނީ އެއަންހެން ކުއްޖާގެ ގައިގައި ތަޅާ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި އޭނާ އެކުއްޖާގެ ގައިގައި ތަޅާތަންވެސް ވީޑިއޯން ފެނިފައިވެއެވެ.
މިކަން ހިނގިއިރު ގިނަ އަދަދެއްގެ އަންހެނުން އެސަރަހައްދުގައިތިބެ އޭނާއަށް އެހެން ނެހެދުމަށް ގޮވަމުންދިޔައެވެ. ނަމަވެސް އެފިރިހެން މީހާ ކުރަމުންދިޔަ އަނިޔާ ހުއްޓާލިތަނެއް ނުފެނެއެވެ. އޭނާ ވަނީ ވަކި ހިސާބަކުން އަންހެން ކުއްޖާގެ އަތުގައި ހިފާ މަގު މަތިން ދަމާފައި ގެންގޮސްފައެވެ.
🚨#Breaking: GDh. Madaveli ga firihenaku eyna loabige gothun gulhigen ulhey ashaar aharun dhashuge anhen kuhjjakah geveshi aniyaa kuraa video social media gai aanmu vehjje!
Ithuru mauloomaathu: https://t.co/7NTzPciKIn pic.twitter.com/IVblLKvtB7
— #MvCrisis (@MvCrisis) March 21, 2023
އެނާ އެކުއްޖާ ދަމާފައިި ގެންދަނިކޮށް އެރަށު ޒުވާނަކު ވަނީ އޭނާގެ ގައިގައި ހިފައްޓައި އެކުއްޖާއާއި އޭނާ އާއި ދުރުކޮށްފައެވެ. އޭރުވެސް ގިނަ އަދަދެއްހެ ބަޔަކު ދިޔައީ އެމަންޒަރުތައް ވީޑިއޯ ކުރަމުންނެވެ. މިހާދިސާއާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައިނުވެއެވެ. މިފަދަ މައްސަލަތަކީ އާންމުކޮށް ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެކެވެ.
ކޮމެންޓު ފޮނުވާ