ގާސިމްގެ ސްޕެޝަލް އެންވޯއިއަކަށް އިލްހާމް

ގާސިމްގެ ސްޕެޝަލް އެންވޯއިއަކަށް އިލްހާމް

Author
ހުސެއިން
20 މާރޗް 2023 04:49
0

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ ސްޕެޝަލް އެންވޯއިގެ މަގާމަށް، ދާދިފަހުން ގާސިމްގެ އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެއްވި އިލްހާމް އަހުމަދު ހަމަޖައްސަވައިފިއެވެ.

އިލްހާމް އަހުމަދު ގާސިމް އިބުރާހިމްގެ ސްޕެޝަލް އެންވޮއިގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިއަދު މެންދުރުފަހު ބޭއްވި ޖުމުހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުުގައެވެ. މިގަމާށް އައްޔަން ކުރެއްވުމާއެކު އިލްހާމް އަހުމަދު ވަނީ، ފާއިތުވި ޖުމުހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި އޭނާއަށް ހަމަޖެއްސެވި އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ގާސިމް އިބުރާހިމްގެ އެންވޯއިކަމަށް އިލްހާމް އަހުމަދު ހަމަޖެއްސެވިއިރު އޭނާވަނީ ޖުމުހޫރީ ޕާޓީގެ ފަރާތުން ދާދިފަހުން ދެފަހަރެއްގެ މަތިން އެމްޑީޕީގެ ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުގެ ލީޑަރު މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވާފައެވެ.

ގާސިމް އިބުރާހިމްގެ ސްޕެޝަލް އެންވޯއިގެ މަގާމަކީ އެޕާޓީގެ ކައުންސިލުން އަލަށް އުފެއްދި މަގާމެކެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުންގެ މަގާމްގައިވެސް ގިނަ އަދަދެއްގެ ބޭފުޅުން ތިއްބަވައެވެ. ޖޭޕީގެ އެޑްވައިޒަރުންނާއި އަދި އޭގެ އިތުން، އިންތިޚާބެއްގައި ވާދަކުރުމަކާ ނުލާ ކައުންސިލުން އުފައްދައިގެން މަގާމްތައް ލިބިލައްވާ ބޭފުޅުންނަކީ ގާސިމް އިބުރާހިމްގެ ފަތްކޮޅަކުން މަގާމްތަކަށް އައްޔަން ކުރައްވާ ބޭފުޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.