މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފުރަތަމަ ފަހަރަށް ޑޮލަރު އޭޓީއެމްތައް ބަހައްޓައި ހިދުމަތްދޭން ދޭން ފަށަައިފި

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފުރަތަމަ ފަހަރަށް ޑޮލަރު އޭޓީއެމްތައް ބަހައްޓައި ހިދުމަތްދޭން ދޭން ފަށަައިފި

Author
އަޒްފާ ރަޝީދު
20 މާރޗް 2023 05:35
0

މުޅިން އަލަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާލޭގައި ޑޮލަރު އޭޓީއެމްތަކެއް ބަހައްޓައި ހިދުމަތް ދޭން ފެށި އެވެ.

ރާއްޖޭގައި ހިދުމަތްދޭތާ 12 އަހަރު ވެފައިވާ އިސްލާމިކް ބޭންކްގެ ފުރަތަމަ ޑޮލަރު އޭޓީއެމް ބެހައްޓާފައި މިވަނީ މއ. ފާމުދޭރިގޭގައެވެ. އެމްއައިބީން ބުނީ މީގެ ސަބަބުން ކަސްޓަމަރުންނަށް ޑޮލަރުގެ މުއާމަލާތްތަކަށް ވަރަށް ބޮޑު ލުއެއް ލިބިގެން ދާނެކަމަށެވެ.

ޑޮލަރު ނަގައި ޖަމާކުރުމަށް ދެ މެޝިން ބަހައްޓާފައިވެއެވެ. އެމްއައިބީން ބުނީ ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު 1،000 ޑޮލަރު ނެގޭނެ ކަމަށާއި މަހަކަށް ގިނަވެގެން ނެގޭނީ 5،000 ޑޮލަރު ކަމަށެވެ. އަދި ދުވާލަކު 12،000 ޑޮލަރު ޖަމާ ވެސް ކުރޭނެކަމަށް ބޭންކްއިން މަޢުލޫމާތުދެއެވެ.

އެމްއައިބީ ޑޮލަރު އޭޓީއެމްގައި މި ވަގުތު ބޭނުންކުރެވޭނީ އެ ބޭންކްގެ ޕްލެޓިނަމްކާޑެވެ. ނަމަވެސް ޑޮލަރު ޖަމާކުރުމަށް ކާޑު ބޭނުމެއް ނުވާނެ އެވެ.

މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ބައެއް އަތޮޅުތަކުގައި އެމްއައިބީގެ ބްރާންޗްތައް ހުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.