ޒުވާން މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަމާއިއެކު މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މިހާދިސާގައި އަނިޔާވެފައިވަނީ މ.މުލަކުގެ އިރުން 12 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަމުގައި އުޅުނު "ހާސިލް 2″ ދޯނީގައި ހުރި 28 އަހަރުގެ ދިވެހި ޒުވާނަކަށް ކަމަށެވެ.
މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހެނދުނު 9:41 ގައި ކަމަށާއި، މިއަދު 11:9 ގައި މަސްވެރިޔާ ހޮސްޕިޓަލަށް ގެންގޮސް މިހާރު ފަރުވާދެމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ