ރައީސް ސާލިހު ފެކްޝަންގެ ޓީމަކުން އުއްޗުއާއި ބައްދަލު ކޮށްފި

ރައީސް ސާލިހު ފެކްޝަންގެ ޓީމަކުން އުއްޗުއާއި ބައްދަލު ކޮށްފި

ގުޅުންހުރި

އެމްޑީޕީގެ ރައީސް ސާލިހު ފެކްޝަންގެ ޓީމަކުން، ވިޔަފާރި ވެރިޔާ އަދި މަހުޖަނު އުއްޗުއާއި ބައްދަލު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުން ބޭއްވިފައިވަނީ އިއްޔެގެ ވަގުތެއްގައި، އުއްޗު ދިރިއުޅުއްވާ ކުރެއްދޫ ރިސޯޓުގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ވަނީ، ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި, ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދެވެ.

މިބައްދަލުވުމާއި ގުޅޭ އެއްވެސް މައުލޫމާތެއް އެމްޑީޕީން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ރައީސް ސާލިހު ފެކްޝަންގެ ޓީމަކުން އުއްޗުއާއި ބައްދަލު ކުރައްވާފައި ވާއިރު ފާއިތުވެދިޔަ ޖެނުއަރީމަހު އެމްޑީޕީގެ ރައީސް ނަޝީދުވެސް ވަނީ އުއްޗުއާއި ބައްދަލު ކުރައްވާފައެވެ. ރިޔާސީ އިންތިޚާބަށް 5 މަހަށް ވެފައިވާއިރު، މަހުޖަނު އުއްޗު ސިޔާސީ ފަރާތްތަކާއި ބައްދަލު ކުރައްވަމުން ގެންދަވާއިރު، އަދި މިހާތަނަށް އިދިކޮޅު ޕީޕިއެންއިން ބައްދަލު ކޮށްފައިވާކަމުގެ މައުލުމާތު އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

އެމްޑީޕީގެ ދެ ފެކްޝަނުންވެސް އުއްޗުއާއި ބައްދަލު ކޮށްފައިވާއިރު، އުއްޗުއަކީ ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް ސިޔާސީ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އުއްޗުގެ އެހީތެރިކަން ލިބޭނީ ކޮންފަރާތަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އެމްޑީޕީގެ ރައީށް ސާލިހުގެ ފެކްޝަނުން އުއްޗުއާއި ބައްދަލުކޮށްފައިވާއިރު، ރައީސް ސާލިހު ގެންދަވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށް ސިޔާސީ ޕާޓީތަކާވެސް ބައްދަލު ކުރައްވަމުންނެވެ. މިގޮތުން މިއަދު ރައީސް ސާލިހުވަނީ ރައީސް މައުމޫނާ ބައްދަލު ކުރައްވާފައެވެ. މިބަދަލުވުމަށް ފަހު އެމްއާރުއެމްއިން ބުނެފައިވަނީ ބައްދަލުވުމުން އެއްވެސް ނަތީޖާއެއް ނެރެވިފައި ނުވާކަމުގައެވެ.

ވެރިކަންކުރާ ކޯލިޝަންގައި މިހާރުވެސް އޮތް ޖުމުހޫރީ ޕާޓީންވަނީ ކޯލިޝަން ހެދުމަށް ރައީސް ސާލިހު ދެއްވި ދައުވަތު ގަބޫލުނުކޮށް އެޕާޓީން ކެނޑިޑޭޓަކު ނެރުމަށް ނިންމާފައެވެ.

މިހާތަނަށް ރައީސް ސާލިހާއިއެކީ ކޯލިޝަން ހަދާނެކަން ހާމަކޮށްފައިވަނި އަދާލަތު ޕާޓީއާއި އެމްޑީއޭއިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ