ގުޅީފަޅު ކައިރީގައި އޮތް ބޯޓެއްގެ އިންޖީން ރޫމަށް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެދުނު 8:00 ޖަހާކަން ހާއިރުކަމަށެވެ.
ކ.ގުޅީފަޅު ކައިރީގައި އަޅާފައި އޮތް "ވިކްޓޯރިޔާ 301″ ބޯޓުގެ އިންޖީނު ރޫމަށް ދިޔަވާތީ އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓް ގާޑު ސްކޮޑް އިން ޑައިވަރުންނާއިއެކު ހަރަކާތްތެރި ވާން ފަށައިފި.
– އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މި ބޯޓުގައި ދިވެހި 8 ފަޅުވެރިޔަކު ތިބިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މި ބޯޓަކީ1000 ޓަނުގެ މުދާ އުފުލާ ބޯޓެއްކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. ބޯޓުގެ ގިދު މިނުގައި60 މީޓަރު ހުންނަކަމަށާއި މިއީ ވިވްކޯ ކޮޕްމެނީގެ ބޯޓެއްކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
ކޮމެންޓު ފޮނުވާ