އައްޑޫ ސިޓީއަށް މިއަހަރުގެ ތެރޭގައި 3 ވަނަ ކްރޫޒް ،ލައިނާރއެއް އައިސްފިއެވެ.
އެމްއެސް ސިލްވަ ޝެޑޯ ކްރޫޒް ލައިނާރއަށް މަރުހަބާ ކިޔަންް ފޭދޫ ބަނދަރު މަތީގައި ހާއްސަ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ކްރޫޒް ލައިނާ އަށް މަރުހަބާ ދަންނަވާފައިވަނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ. އެމްއެސް ސިލްވަ ޝެޑޯވއަކީ ޖުމްލަ 388 ޕެސެންޖަރުންގެ ޖާގައިގެ ކްރޫޒްލައިނާރއެކެވެ. އަދި މި ކްރޫޒްލައިނާރގައި 295 ފަޅުވެެރިން ހިމެނެއެވެ.
ކްރޫޒް ލައިނާ އިން އައި ގިނަ އަދަދެއްގެ ޓޫރިސްޓުންތަކެއް ފޭދު އަށް ފައިބައި ގުޅިފައިވާ އަވަށްތަކަށް ވެސް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި އަހަރުގެ މިހާތަނަށް އައްޑު އަށް އައި ތިން ވަނަ ކްރޫޒް ލައިނާ އެވެ. ޖެނުއަރީ މަހުގެ ފަހުކޮޅު އައްޑޫއަށް 2 ކްރޫޒް ލައިނާ އައިސްފައިވެއެވެ. އެއީ "އާޓޭނިއާ" އަދި "ކޮރަލް އެކްސްޕެޑިޝަން" އެވެ.
މީގެ އިތުރުން ޑިސެމްބަރުމަހުގެ ތެރޭގައިވެސް އައްޑޫ ސިޓީއަށް ކްރޫޒްލައިނާރއެއް އައުމަށް ހަމަޖެހިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލްއިން މަޢުލޫމާތުދެއެވެ.
ކޮމެންޓު ފޮނުވާ