ޤާސިމް މަރާލި މައްސަލައިގެ ހުކުމް މާދަމާ

ޤާސިމް މަރާލި މައްސަލައިގެ ހުކުމް މާދަމާ

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2023 08:28
0

ހުޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަދުވަހުގެރޭ ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ވަޅިއަކުން ހަމަލާދީ އެނާ މަރާލިކަމަށް މި މައްސަލާގައި ދައުވާކުރާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް ވަނީ ތަހުޤީގުގައި އެއްބަސްވެފައެވެ. އަދި އެނާ ގާސިމަށް ހަމަލާދީީ ފޭރެން އުޅެ އެކަން ކާމިޔާބު ނުވުމުންކަމަށް ތަހުޤީގުގައި އޭނާ ބުނެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ގާސިމް މަރާލި ކަމަށް އަދުހަމް ކޯޓުގައި ކުރިން އެއްބަސްވުމަށްފަހު ފަހުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަދި ކުރިން އެއްބަސްވީ ފުލުހުން ބިރުދެއްކުމުން ކަމަށް އޭނާ ބުނެފައިވެއެވެ. އެހެން ނަމަވެސް ފަހުން އޭނާ ބުނެފައިވާ ގޮތުގައި ގާސިމަށް ހަމަލާދެވުނީ ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގައި އޮޅުމަކުންނެވެ. އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރުއެވެ.

އަދުހަމް ކުށަށް އެއްބަސްވެއްޖެނަމަ އޭނާގެ އަދަބު ލުއިކުރެވޭ ގޮތަށް އޭނާއާ އެކު ދައުލަތުން ކުރިން އިއުތިރާފްގެ އެއްބަސްވުމެއް ހެދިއެވެ. އެހެން ނަމަވެސް ފަހުން އޭނާ ދައުވާއަށް އިންކާރުކޮށްފައިވާތީ ދައުލަތުން މިހާރު ބުނަމުން ގެންދަނީ އަދަބަށް ލުޔެއް ނުދެވޭނެ ކަމަށެވެ.

ހުޅުމާލޭގައި ޓެކްސީ ކުރަމުންދަނިކޮށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އދ.މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާއަށް ޙަމަލާދީފައި ވަނީ ހުޅުމާލޭގައި މީހުން އާބާދުވެފައިނުވާ، އަދި މިހާރު އިމާރާތްކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސަރަހައްދެއްކަމަށްވާ ރީތި ގަސް މަގާއި ގުޅިފައިވާ ގޯޅިއެއްގެ ތެރޭގައެވެ.

އަދުހަމަކީ މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމުގެ ރިކޯޑް އޮންނަ މީހެކެވެ. ދާދި ފަހުންވެސް ވައްކަމުގެ މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ އެއް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޔާމީން ދޫކުރަން އެދޭމީހުން ތިމީހާވެސް ދޫކޮށްލުމަށް ، ސަލާމަތައް އެދި ބަރަކާތްތެރި ރަމަޟާންމަހު ޕީ ޕީ އެމް ހުރިހާބޭފުޅުން ދުޢާކުރޭ!