ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

ގުޅުންހުރި

އިންސާނީ ވަގުފާރި ކުރުމުގެ ތުހުމަތުގައި ރާއްޖެއިން އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

ހިއުމަން ޓްރެފިކިން ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ވެންކަޓަރަމަނާ ޕައްލާ، 20، ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން މި މީހާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ހެންވޭރު ގެސްޓުހައުސްއެއްގެ ތެރެއިންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާ 15 ދުވަހުގެ ބަންދުގައި ބަހައްޓަން އަމުރު ކޮށްފައެވެ.

ކޯޓުގައި ފުލުހުން ބުނެފައިވަނީ މިއީ ގިނަ ބަޔަކު ޝާމިލްވެގެން އިންތިޒާމުވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުށުގެ އަމަލުތައް ހިމެނޭ ގޮތުން ހިންގަމުންދާ ކުށެއްކަމަށް ބެލެވޭ ކަމަށެވެ. އަދި ކުށުގެ އަމަލުގެ ސަބަބުން ގިނަ ބަޔަކު ވިކްޓިމައިޒްވެފައިވާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

އޭގެ އިތުރުން، ހައްޔަކުރި އިންޑިއާގެ މީހާއަކީ އޭނާ ރާއްޖެއަށް ގެނައި ފަރާތަށް ފިލައިގެން އުޅޭ މީހެއްކަން ވެސް ވަނީ ކޯޓު އަމުރުގައި ފާހަގަކޮށްފައެވެ. އެކަމާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް ތަފުސީލެއް ދީފައެއްނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ