ހުޅުމާލޭ ރައްޔިތުންނަށް ބޭއްވި އާއިލީ ހަވީރަށް ބޮޑު ތަރުހީބެއް

ހުޅުމާލޭ ރައްޔިތުންނަށް ބޭއްވި އާއިލީ ހަވީރަށް ބޮޑު ތަރުހީބެއް

Author
ހުސެއިން
18 މާރޗް 2023 08:20
0

އެޗްޑީސީގެ ފަރާތުން ހުޅުމާލޭގެ ރައްޔިތުންނަށް އިއްޔެ ބޭއްވި އާއިލީ ހަވީރަށް ހޫނު ތަރުހީބެއް ލިބިއްޖެއެވެ. މިގޮތުން އިއްޔެ ހަވީރު 16:00ން 18:00 އަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބާބަކިއު ސަރަހައްދުގައި ބޭއްވި މި އާއިލީ ހަވީރަށް ހުޅުމާލޭގެ ގިނަ އަދަދެއްގެ ރައްޔިތުން ހާޒިރު ވެފައިވެއެވެ.

އެޗްޑީސީން ބުނެފައިވަނީ މިއާއިލީ ހަވީރަކީ، ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މާހެފުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމުގައެވެ. މިގޮތުން، މި މާހެފުމުގައި ކާތަކެތި ތައްޔާރުކުރުމާއި މުޅި މާހެފުން ރާވާ ހިންގުމަށް ވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެޗްޑީސީއަށް ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވާކަމަށް އެކޯޕަރޭޝަނުން ބުނެފައި ވެއެވެ.

އެޗްޑީސީން ބުނެފައިވަނީ އެ ކޯޕަރޭޝަންއިން ހިންގާ މިފަދަ ހުރިހާ ހަރަކާތަކަށް ވެސް ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން ދާކަމަށެވެ. އެކަމަށްޓަކާ ހުޅުމާލޭގެ އެންމެހާ ރައްޔިތުންނަށް ކުންފުނީގެ ފަރާތުން ޝުކުރު އަދާކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.