ދިރާގަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން ކޮށްފި

ދިރާގަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަން ކޮށްފި

Author
ހުސެއިން
18 މާރޗް 2023 08:09
0

ދިވެހިރާއްޖޭގެ މުވާސަލާތީ ކުންފުނި، ދިރާގަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފްލާއެއެއްގައި ވަނީ ދިރާގަށް 10 އަހަރާއި 15 އަހަރު އަދި 25 އަހަރުވަންދެން ހިދުމަތް ކޮށްފައިވާ 29 މުވައްޒަފެއްގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެވޯޑު ދީފައެވެ.

އަދި މި ހަފްލާގައިވަނީ، ދިރާގަށް ކާމިޔާބީ ހޯދާދީފައިވާ މުވައްޒަފުންނަށާއި އެކުންފުނަށް ކާމިޔާބީތައް ހޯދާ ދިނުމުގައި ހިއްސާވެދީފައިވާ މުވައްޒަފުންނަށްވެސް އެވޯޑު ދީފައެވެ. މިގޮތުން 14 ޑިވިޝަނަލް މެރިޓް އެވޯޑާއި 10 ސްޕެޝަލް މެރިޓް އެވޯޑާއި 2 އިނޮވޭޝަން އެވޯޑް އަދި 2 އައުޓްސްޓޭންޑިން ލީޑާސް އެވޯޑު ދީފައިވެ އެވެ.

މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށް ބޭއްވި މި ހަފްލާގައި އެންމެ ޝަރަފްވެރި އެވާޑެއްގެ ގޮތުގައި ދިން ޗެއާމަންގެ އެވޯޑު ހާސިލް ކޮށްފައިވަނީ އެ ކުންފުނީގެ ޑްމިނިސްޓްރޭޝަންގެ އެސިސްޓަންޓް މެނޭޖަރު ސިވިލް، ސިނާޒުއެވެ. އޭނާވަނީ ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާއިތުވި 6 އަަހަރު ހިންގާފައިވާ ސިވިލް ޕްރޮޖެކްޓުތައް މެނޭޖް ކޮށްފައެވެ.

ދިރާގުން ބޭއްވު މި ރަސްމިއްޔާތުގައި އެކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދުވަނީ ކުންފުނީގެ މުވަޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.