ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމީ އެތައްބައެއްގެ އިލްތިމާސާއެކު: އަމީން އިބްރާހީމް

ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމީ އެތައްބައެއްގެ އިލްތިމާސާއެކު: އަމީން އިބްރާހީމް

Author
ޢަލީ އާދަމް
16 މާރޗް 2023 10:45
0

އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ވަކިން ވާދަކޮށް ކެންޑިޑޭޓަކު ނެރެން ނިންމީ ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި އެތައް ރައްޔިތުންގެ އިލްތިމާސްއާއެކު ކަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީ މިހާރުގެ ސަރުކާރު ކޯލިޝަނުގައި އޮވެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރަކަށް ތާޢީދު ނުކޮށް ވަކިން ވާދަކުރަން ނިންމުމުން ރައީސް ޞާލިޙަށް ތާޢީދުކުރަ މީހުން އަންނަނީ ޖޭޕީއާއި އެޕާޓީގެ ލީޑަރަށް ފާޑުކިޔަމުންނެވެ. އަދި މިހާރުގެ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން އިސްތިއުފާދެއްވުމަށް ރައީސް ޞާލިޙުގެ ސަޕޯޓަރުން އަންނަނީ ގޮވަމުންނެވެ.

މިދަނޑިވަޅުގައި ޖޭޕީގެ ނިންމުން ދިފާޢުކުރައްވައި ޑެޕިއުޓީ ލީޑަރ އަމީން އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ޖޭޕީން ކެންޑިޑޭޓަކު ނެރެން ނިންމީ ޕާޓީތަކުގެ އިސްވެރިންނާއި، ޖޭޕީގެ މެމްބަރުންނާއި ޢާންމު އެތައް ދިވެހި ރައްޔިިތުންގެ އެތައް އިލްތިމާސަކަށް އިޖާބަދިނުމުގެގޮތުންކަމަށްވެ. އަދި މިއީ ރައްޔިތުންނަށް ހަމަޖެހުމާއި ފަގަތިކަން ލިބޭނެ ނިންމުމަކަށް ވާނެކަމަށްވެސް އަމީން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދުކުރުމުގެ ބަދަލުގައި ވަކިން ވާދަކުރަން ޖޭޕީއަށް އެންމެބޮޑަށް ބާރުއެޅި އެއް ބޭފުޅަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. މީގެ އިތުރުން އަމީން އިބްރާހީމްވެސް ހިމެނޭގޮތުން ޖޭޕީގެ ކައުންސިލް މެމްބަރުންނާއި ނުފުޒުގަދަ އެތައް މެމްބަރުންނެއްވަނީ މިކަމަށް ވަކާލާތުކޮށް މަސައްކަތްކޮށްފައެވެ. އަދި ޖޭޕީން ވަކިން ވާދަކުރުމަށް ނިންމައި އެޕާޓީގެ ކޮންގްރެސްގެ އިއްތިފާގުން ޤަރާރެއްވެސް ފާސްކުރިއެވެ. ފަހުން ޕާޓީގެ ކައުންސިލުންވެސް ނިންމީ އެގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.