ޖޭޕީން ވާދަކުރަން ނިންމީ މިސަރުކާރުގެ ޢަމަލުތަކުން ޤައުމު އަޅުވެތިވެދާނެތީ: އިޤްބާލް

ޖޭޕީން ވާދަކުރަން ނިންމީ މިސަރުކާރުގެ ޢަމަލުތަކުން ޤައުމު އަޅުވެތިވެދާނެތީ: އިޤްބާލް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ނިންމި އެންމެ މުހިންމު އެއް ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ޢަމަލުފުޅުތައް ހުރިގޮތުން ޤައުމު އަޅުވެތިވެދާނެކަމުގެ ބިރު އޮތުންކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އިޤްބާލް އާދަމް ވިދާޅުވެއްޖެއެވެ.

މިހާރުގެ ސަރުކާރު ކޯލިޝަންގައި އޮވެ، އަންމަ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމުމުން ޖޭޕީއަށާއި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ސަރުކާރުގެ ބައެއް ބޭފުޅުންނާއި ރައީސް ޞާލިޙަށް ތާޢީދުކުރާ މީހުންގެ ނުރުހުން އަމާޒުވެފައި ވަނިކޮށް އިޤްބާލު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ޢަމަލުތަކަށް ބަލާއިރު ޤައުމު އަޅުވެތިވެދާނެކަމުގެ ބިރު އޮތުމަކީ 2023ގެ ރިޔާސީ އިންތިޚާބުގައި ޖޭޕީ ވާދަކުރަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރެއިން މުހިންމު ސަބަބެއްކަމަށެވެ.

ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި އިޤްތިޞާދީ ސިޔަސަތު ބައްޓަންވެގެންދާގޮތުން ބޭރުގެ ވަކި ޤައުމަކަށް މާބޮޑަށް ބަރޯސާވެ، ޤައުމުގެ މިނިވަންކަމާއި އިސްތިޤިލާލަށް ނުރައްކާވެފައިވާކަމުގެ ވާހަކައަކީ އިދިކޮޅު ޕީޕީއެމްގެ ތެރެއިން ކެނޑިނޭޅި އިވެމުންދާ އަޑެކެވެ. އަދި އަވަށްޓެރި އިންޑިއާގެ ނުފޫޒު ރާއްޖޭގެ މިނިވަންކަން ގެއްލޭ ދަރަޖައަށް ރާއްޖޭގެ ދާޚިލީ ކަންކަމައި ސަރުކާރުގެ މައްޗަށް އޮތްކަމަށްވެސް އިދިކޮޅުން ތުހުމަތުކުރެއެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެގެން އެބަތިބިކަމަށްވެސް އިދިކޮޅުން ބުނެއެވެ.

މިކަންކަން ސަރުކާރުން ދޮގުކުރާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއަކުންވެސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ނޫން އެހެން ޕާޓީއަކުން މިހާތރަނަށް މިހާ ފާޅުކަންބޮޑު ގޮތެއްގައި މިފަދަ ވާހައެއް ނުދައްކައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *