އައިޑީކާޑު އޮންލައިންކޮށް ފޯމް ހުށަހަޅައި، ކައުންސިލްތަކުން ނެގޭނެ

އައިޑީކާޑު އޮންލައިންކޮށް ފޯމް ހުށަހަޅައި، ކައުންސިލްތަކުން ނެގޭނެ

Author
އަޒްފާ ރަޝީދު
15 މާރޗް 2023 03:10
0

އޮންލައިންކޮށް އައިޑީކާޑު ހެދުމަށް ލުއިތަކެއްދީ، ރަށްރަށުގައި ދިރިއުޅޭ މީހުންގެ ކާޑު ހެއްދުމަށް ރަށު ކައުންސިލްތަކަށް ފޯމް ހުށަހެޅުމުގެ ބަދަލުގައި އޮންލައިންކޮށް ފޯމް ހުށަހެޅުމުން އެމީހަކު ބޭނުންވާ ކައުންސިލް އިދާރާއަކަށް ކާޑު ފޮނުވައިދޭން ފަށައިފިއެވެ.

މީގެ ކުރިން އޮންލައިންކޮށް އައިޑީކާޑަށް ހުށަހެޅުމުން އެ ކާޑު ނަގަން ޖެހެނީ މާލެއިންނެވެ. ރަށްރަށުގައި އައިޑީ ކާޑު ހެދުމުގެ ހިދުމަތް ދެމުން އައީ ރަށު ކައުންސިލުތަކުގައި ހުންނަ ކަލެކްޓިން ސެންޓަރުތައް މެދުވެރިކޮށެވެ.

ނަމަވެސް، ކައުންސިލްތަކުން އައިޑީ ކާޑު ފޯމު ބަލައިގަތުން މިހާރު ހުއްޓާލާފައިވާ ކަމަށް ބައެއް ރަށްރަށުގެ ކައުންސިލުތަކުން ވަނީ އިއުލާންކޮށްފަ އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)އިން ވަނީ އައިޑީ ކާޑުގެ ހިދުމަތަށް އެދޭ އޮންލައިން ޕޯޓަލްއަށް ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފައެވެ. މިހާރު ޕޯޓަލްމެދުވެރިކޮށް ކާޑު ހަދަން ހުށަހަޅާއިރު އެޕްލިކޭޝަން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

ސަރުކާރުން މިހާރު އަންނަނީ ޑިޖިޓަލް އައިޑީ ކާޑު ވެސް ޓެސްޓްކުރަމުންނެވެ. ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރުމުން އަތުގައި ފިޒިކަލް އައިޑީ ކާޑެއް އޮތުން މަޖުބޫރެއް ނުވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.