ކަންބަޅިތަކެއްހެން މަޖިލީހަށް ގެނެސް ވަކި ނުކުރަނީސް އަމިއްލައަށް އިސްތިއުފާދީ: ރާއީ

ކަންބަޅިތަކެއްހެން މަޖިލީހަށް ގެނެސް ވަކި ނުކުރަނީސް އަމިއްލައަށް އިސްތިއުފާދީ: ރާއީ

ކަންބަޅިތަކެއްހެން މަޖިލީހަށް ގެނެސް ވަކި ނުކުރަނީސް އަމިއްލައަށް އިސްތިއުފާދިނުމަށް ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ގޮވާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު ހިނގަމުންދާ ގޮތުން ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގަިއ ސަރުކާރުގައި ތިބި ހުރިހާ ބޭފުޅުން މަޤާމުތަކުން ވަކިވާން ޖެހޭކަމަށެވެ. ރާއީ ވަނީ ސަރުކާރުގެ މަޤާމުތަކުގައިި ތިބި ޖޭޕީގެ ބޭފުޅުން މަޤާމުތަކުން އިސްތިއުފާ ނުދޭނަމަ މަޖިލީހަށް އެމީހުންގެ ނޯކޮންފިޑެންސް މައްސަލަތައް ވައްދައި މަޤާމުތަކުން ވަކި ކުރާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ބޮޑަށް ކޯފާވެފައި ހުންވައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ ސަރުކާރު ކޯލިޝަންގައި އޮވެ ރައީސް ޞާލިހަށް ދޯކާ ދީފައި ވެރިކަން ހޯދަން މަސައްކަތް ކުރާއިރު، ދެން އެޖާގަ ޖޭޕީއަށް ދީގެން ނުވާނެކަމަށެވެ.

މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު ހިނގާގޮތުން މަޤާމުތަކުގައި ތިބި ޖޭޕީގެ ބޭފުޅުން އަމިއްލައަށް އިސްތިއުފާ ދޭންވީ. ނޫނީ މިތަނަށް ނޯކޮންފިޑެންސް ވައްދައިގެން ޖެހޭނީ ވަކިކުރަން. މިއަދު ދޯކާ ދީފައި ތިމަންނާމެން ވެރިކަން ކުރަން ބޭނުމޭ ކިޔައިގެން ކަންކަން ކުރަން އަޅުގަނޑުމެން ޖާގަ ނުދޭނަން. މިތަނަށް ގެނެސް ކަންބަޅިތަކެއްހެން ވަކި ނުކުރަނީ މަޤާމުން އިސްތިއުފާ ދޭންވީ.

– ރާއީ ވިދާޅުވިއެވެ.

މިޖަލްސާގައި ރާއީއާއި، މެމްބަރު ސަނީފް ވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ތިބި ބޭފުޅުން މަޤާމުތަކުން ވަކިވުމަށް ގޮވާލާފައެވެ. މިވާހަތަކަށް ޖޭޕީގެ ލީޑަރު ޤާސިމް ވަނީ ރައްދުވެސް ދެއްވާފައެވެ. ޤާސިމް ވިދާޅުވީ ޖޭޕީން ސަރުކާރު ކޯލިޝަންގައި މަސައްކަތް ކުރަނީ އެއްބަސްވުމެއް އޮވެގެންކަމަށެވެ. މިއެއްބަސްވުމުގެ ތެރެއިން މިހާތަނަށް އަމަކު ކުރެވިފައިވަނީ ކިހާ މިންވަރަކަށްތޯ ބަލައިލުމަށްވެސް ޤާސިމް ވަނީ އެދިފައެވެ.

ޤާސިމް ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ޖޭޕީން ކުރި މަސައްކަތަށް ދިން އެއްޗެއް ދީފައިވަނީ އެއްބަސްވުމެއްގެ ތެރެއިންކަމަށެވެ. އެއެއްބަސް ވުމުގަިއ ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމުން މަޤާމުތަކުން މީހުން ވަކިވާން ޖެހޭކަމަށް ބުނެފައި ނުވާކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *