ޖޭޕީ ވަކިން ވާދަކުރާތީ ސަމީރު ޖޭޕީން އިސްތިއުފާ ދީފި

ޖޭޕީ ވަކިން ވާދަކުރާތީ ސަމީރު ޖޭޕީން އިސްތިއުފާ ދީފި

Author
މުޙައްމަދު ޝަޒައިމް
14 މާރޗް 2023 07:12
0

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމުމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެ ޕާޓިން އިސްތިއުފާ ދެއްވައިފިއެވެ.

މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކަން ކުރާނެ ގޮތަކާ މެދު ވޯޓަށް އެހި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ އެކު ކޯލިޝަން ހަދައިގެން ކުރިއަށްދާން ފެންނަ ކަމަށް ވޯޓު ދެއްވީ ސަމީރު އެކަންޏެވެ.

ރާއްޖޭގައި ތިން ވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޖޭޕީގެ ހަތަރު ވަނަ ކޮންޕަރެންސްގައިވެސް ސަމީރު ވަނީ މިސަރުކާރު ހިމެނޭ އެމްޑީޕީއާއިއެކު ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަށް ބާރު އަޅައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ސަމީރު ވިދާޅުވީ ގާސިމް އަބަދުވެސް ބައްލަވަމުން ގެންދަވަަނީ، "އަޅުގަނޑުމެންނަށް" ލިބޭ އެއްޗަކަށް ވުރެ ގައުމަށް، ރައްޔިތުންނަށް މިކަމުން ކުރަނީ ކޮން މަންފާއެއްތޯ ކަމަށެވެ. އަދި ދަތި އުނދަގޫ ހާލަތްތައް ކުރިމަވިވެ، ގާސިމަށާއި، އާއިލާއަށްވެސް ގިނަ އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި، އެ ހުރިހާ ހާލަތެއްގައިވެސް ގާސިމް އިސް ކުރެއްވީ ގައުމާއި، ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަމީރު ވިދާލުވީ، މި ސަރުކާރުން ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ޖަލަށް ލައިގެން ގެންގުޅޭ ތަން ނުފެންނަ ކަމަށާއި، ހުއްޓާ ކުުއްލިއަކަށް ގެނެސްފައި ވިޔަފާރިއާ މުދާތަަކަށް އަރައިގަންނަތަން ނުފެންނަ ކަމަށެވެ.

ޖޭޕީގެ ކުރީގެ އެސްޖީ ސަމީރު ވިދާޅުވީ އޭނާ ތާއީދުކުރައްވަން ނިންމަވާފައިވަނީ ރައީސަށް ކަމަށާއި އެހެންވެ ޖޭޕީ ވަކިން ވާދަކުރަން ނިންމުމުން ޕާޓީގައި އޭނާ ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.