ހައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން ބިޑް ހުށަހަޅައިފި

ހައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން ބިޑް ހުށަހަޅައިފި

ގުޅުންހުރި

1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ކުންފުނިތަކުން ބިޑް ހުށަހަޅައިފިއެވެ.

11 ކުންފުންޏަކުން ބިޑް ހުށަހަޅާފައިވާއިރު މީގެ ތެރެއިން ހުއްދަދޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށެވެ. ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށެވެ.

އެގޮތުން ހުއްދަދެވޭ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރެވޭނެއެވެ. ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. 2022 ވަނަ އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.

މިދިޔަ އަހަރު ސައުދީން ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެއަށް ދީފައިވަނީ 453 ކޯޓާ އެވެ. އެ ކޯޓާތަކުގެ ދަށުން ހައްޖަށް ދިއުމުގެ ފުރުސަތު ދިނީ ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ. ކޯވިޑްގެ ކުރިން ވެސް އަހަރަކު ރާއްޖެ އަށް ދެނީ 1000 ކޯޓާއެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ކުރިން ކޮންމެ އަހަރަކު ވެސް 1000 ކޯޓާގެ އިތުރުން ހާއްސަ އުސޫލެއްގެ ދަށުން 1000 ކޯޓާ ސައުދީން އައީ ރާއްޖެ އަށް ދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ