ގިނަ އަހަރު ތަކަށްކަށް ފަހު ކަރަން ޖޯހަރު ޑައިރެކްޓރު ގެ ގޮނޑިން ފެނިގެންދާނެ ފިލްމް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޝޫޓިން އެއްކޮން ނިންމައިލައިފިއެވެ.
މި ފިލްމް އަކީ ލީޑޫން ރަންވީރު ސިންގް އާއި އާލިއާ ބަޓް ފެނިގެންދާ ފިލްމްއެކެވެ. ފިލްމް ގެ އެންމެ ފަހުގެ ޝޫޓިންތަށް ބާއްވާފައިވަނި ކަޝްމީރުގެ ހިއްގައިމު ވާދީ ތަކާއި ސުނޯތަކުގެ ތެރޭގައިއެވެ.
މިމަހުގައި ފިލްމްގެ އެންމެ ފަހުގެ ޝޫޓިން ތަށް ކަޝްމީރުގައި ކޮށްފައިވާ އިރުގައި އެއީ އެ ފިލްމް ގައި ހިމެނޭ ލަވައެވެ. މި ލަވަ އަކީ ބޮލީވުޑްގެ ރޮމޭންޓިކް ފިލްމް ތަށް ގެނެސް ދިނުމަށް ނަން މަޝްހޫރު ޑައިރެކްޓަރު މަރުހޫމު ޔާޝް ޗޯޕްރާ އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ފިލްމް ގައި ހިމެނޭ ލަވައެކެވެ. ފަސް ދުވަހަށް މި ލަވައިގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވެއެވެ.
"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ފިލްމަކީ 2016 ވަނަ އަހަރު ކަރަން ޑައިރެކްޓު ކުރި، އަނުޝްކާ ޝަރްމާ އަދި ރަންބީރް ކަޕޫރް އަދި އައިޝްވާރްޔާ ރާއި ފެނިގެންދިއަ ފިލްމު، "އޭ ދިލްހެ މުޝްކިލް" އަށް ފަހު އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ. އަދި ހަމަ އެއާއި އެކުގައި މި ފިލްމް އަކީ އާލިއާ އަށް އަލަތު ދަރިފުޅު ލިބުމަށްފަހު އޭނާ ވެސް އެނބުރި އައުން ފާހަގަ ކުރާނެ ފިލްމްވެސް މެއެވެ.
މި ފިލްމް ގެ ލީޑުން ފެނިގެންދާނީ މަޝްހޫރު ބޮލީވުޑްގެ ދެތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންވީރު ސިންގްއެވެ. އެ ފިލްމުން ފެންނާނެ އިތުރު ތަރިންގެ ތެރޭގައި ދަރުމެންދުރަ އާއި ޝަބާނާ އަޒްމީ އަދި ޖާޔާ ބައްޗަން ވެސް ހިމެނެ އެވެ.
އާއިލާއެއްގެ މައްޗަށް ބިނާކޮށް ހަދާ މި ރޮމޭންޓިކް ކޮމެޑީއަކީ ތިނެސްކަން ލޯބީގެ ވާހަކައެކެވެ. ތިނެސްކަން ލޯބީގެ ފިލްމުތައް ބޮލީވުޑްގައި އަަންމު ނަމަވެސް މި ފިލްމު ތަފާތު ވަނީ މި ފިލްމުން ދުވަސްވީ ތިން މީހެއްގެ ލަވް ޓްރޭންގަލް ފެނިގެން ދާތީއެވެ.
ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ' އަކީ 'ގަލީ ބޯއީ' އަށް ފަހު އާލިޔާ އާއި ރަންވީރު އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. 'ގަލީ ބޯއީ' ގައި ވެސް ދެތަރިންގެ ކެމިސްޓްރީ ވަރަށް ރަނގަޅަށް ވަނި ދައްކައިލައިފައިއެވެ. މި ފިލްމް ގައި އަދި އެމީހުންގެ ޖޯޑު މާބޮޑަށްވެސް ކަމުދާނެ ކަމަށް ބެލެވެއެވެ.