ސަނީފް ދައްކަނީ ދެއުޅިއެއް ނުވާ ވާހަކަތަކެއް: ނިޒާރު

ސަނީފް ދައްކަނީ ދެއުޅިއެއް ނުވާ ވާހަކަތަކެއް: ނިޒާރު

Author
މުޙައްމަދު ޝަޒައިމް
27 ނޮވެމްބަރ 2020 08:29
0

ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރާ ބަޖެޓްތަކުގައި ހުންނަ އަދަދުތައް ވެފައިވަނީ މަޖިލީހުގައި ހިމެނޭ މެމްބަރުން ރުއްސަން ޖަހާ އަދަދުތަކަކަށް ކަމުގައި އައްޑޫ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ވަސީލަތް ހުރީ ހުވަދު އަތޮޅުގައި ކަމަށާއި ކިތަންމެ ވަރަކަށް އުޅުނަސް އިނގިރޭސިން ހަނގުރާމަ އަށް ހެދި އެއާޕޯޓެއް ތަރައްގީ ނުވާނެ ކަމަށް ތިނަދޫ އުުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ދެއްކެވި ވާހަތަކާއި ގުޅިގެން އަލީ ނިޒާރު ވިދާޅުވީ މިފަދަ ދެއުޅިއެއް ނުވާ ވާހަކަ މަޖިލީހުގައި ހިމެނޭ މެމްބަރުން ދައްކަނީ ރާއްޖޭ ތަރައްޤީ ކުރާނެ ޕްލެއިނެއް އެކުލަވާލާފައި ނެތުމުންކަމަށެވެ. އަދި ސަނީފްގެ މިވާހަތަކަކީ ދެއުޅިއެއް ނުވާ ވާހަތަކެއް ކަމުގައި ނިޒާރު ވަނީ ވިދާޅުވެފައެވެ.

މިޒާތުގެ ދެއުޅިއެއްނުވާ ވާހަކަ ދައްކަނީ ރާއްޖެ ތަރައްޤީ ވާންޖެހޭ ގޮތުގެ ޕްލޭނެއް ރޭވިފައި ނެތުމުން. މިހާރު ޕްރޮޖެކްޓަކީ މެމްބަރުންގެ ޑިމާންޑަށް ވާންޖެހޭ އެއްޗަކަށްވެ ބަޖެޓްގައިވާ އަދަދުތަކަކީ މެމްބަރުން ރުއްސަން ޖަހާ އަކުރުތަކަކަށް ވާތަން މި ފެންނަނީ.

– އަލީ ނިޒާރު ވިދާޅުވިއެވެ.

ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކަށް ބަހުސް ކުރައްވަމުން ސަނީފް ވިދާޅުވީ ސަރަހައްދީ ތަރައްގީ ގެންނަން ޖެހޭނީ އާބާދީ އާއި އިގްތިސާދު އޮތް ތަނެއްގައިކަން ގަބޫލުކުރައްވާ ކަމަށާއި އެގޮތުން ރާއްޖޭގައި 1100 ރަށް އޮތްއިރު ހުވަދު އަތޮޅުގައި އެކަނި 255 ރަށް އެބައޮތް ކަމަށެވެ. ސަނީފް ވަނީ ނިމިދިޔަ ހުރިހާ ސަރުކާރަކުންވެސް ހުވަދޫ ވަރަށް ބޮޑަށް އިހުމާލު ކޮށްފައިވާކަމަށާއި، އެންމެ ބޮޑު އެސެޓެއް ފަތުރުވެރި ކަމުގެ ދާއިރަގައިވެސް އޮތީ ހުވަދު އަތޮޅުގައި ކަމަށެވެ. އަދި މިހާރުވެސް އެތައް ރިސޯޓެއް ހުވަދު އަތޮޅުގައި އޮޕަރޭޓް ކުރަމުންދާއިރު، އައްޑު އަތޮޅާއި ލ.އަތޮޅުގައި އޮތީ މަދު ރިސޯޓް ތަކެއްކަމަށެވެ.

މީގެއިތުރުން ސަނީފް ވަނީ ކޮންމެ ބަޔަކު އިންޓަނޭޝަނަލް އެއާޕޯޓެއް ބާއްވައިގެން ތަރައްގީ ކުރަން އުޅުނަސް ގުދުރަތީ ވަސީލަތް ނެތި އެކަން ނުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ކޮންމެ ފަހަރަކު ހުވަދޫ ރައްޔިތުންނަށް ކުލަ ހުވަފެން ދައްކައިގެން އެހެން އަތޮޅުތަކަށް ތަރައްޤީ ގެންދިޔަ ގޮތަށް މިފަހަރު އެހެން ވިޔަކަ ނުދެއްވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.