"ނާޗު ނާޗު" އޮސްކާވެސް ހޯދައިފި

"ނާޗު ނާޗު" އޮސްކާވެސް ހޯދައިފި

ސައުތުގެ މަގުބޫލު ފިލްމް "އާރްއާރްއާރް" ގެ ލަވަ "ނާޗޫ ނާޗޫ" އޮސްކާގެ އެވޯޑް ވެސް އަތުލައިފައިއެވެ. މިއީ މި އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސްގައި އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑް ހޯދި ލަވައެވެ.

95 ވަނަ އޮސްކާ އެވޯޑްސްގައި ވެސް އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑް މި ލަވަ އުފުލައިލައިފައިވާއިރުގައި މީ މިފަދަ ޝަރަފެއް އިންޑިއާއަށް ލިބުން ފުރަތަމަ ފަހަރެވެ.

އެންމެ މޮޅު އޮރޮޖިނަލް ލަވަ އަށް ދެން ވާދަކުރި ލަވަތަކަކީ "ޓެލް އިޓް ލައިކް އަ ވުމަން" ގެ "އެޕްލޯސް" އާއި ޓޮމް ކްރޫޒްގެ ފިލްމު "ޓޮޕް ގަން: މެވެރިކް" އަށް ލޭޑީ ގާގާ އާއި ބްލަޑް ޕޮޕް ކިޔާފައިވާ "ހޯލްޑް މައި ހޭންޑް" އާއި "ބްލެކް ޕެންތާ: ވެކަންޑާ ފޯއެވާ" އަށް ރިއާނާ ކިޔާފައިވާ "ލިފްޓް މި އަޕް" ގެ އިތުރުން "އިވްރީތިން އިވްރީވެއާ އޯލް އެޓް ވަންސް" ގެ "ދިސް އިޒް އަ ލައިފް" އެވެ.

ލަވައިން ފެނިގެންދަނީ ސައުތުގެ ސްޕަސާޓާރުން ކަމުގައިވާ އަދި ފިލްމްގެ ލީޑުން ފެންނަ ދެތަރިން ކަމުގައިވާ އެންޓީއާރް ޖޫނިއާ އާއި ރާމް ޗަރަންގެ ފޯރިގަދަ ހަލުވި ނެށުންތަކެވެ.

މި ލަވައިގެ ގެ މިއުޒިކް ހެދީ މީގެ ކުރިން މަގުބޫލު އެތައް ލަވައެއް ގެނެސްދީފައިވާ އެމްއެމް ކީރަވާނީ އެވެ. އަދި ކޮރިއަގްރާފް ހަދައިފައިވަނީ 45 އަހަރުގެ ޕްރޭމް ރަކްޝީތްއެވެ.

އިންޑިއާގެ އެންމެ އަގުބޮޑު އެއް ފިލްމު ކަމަށްވާ އާރްއާރްއާރް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އިންޑިއާގެ އިރުތުން ބޭރު ގައުމުތަކުންވެސް ފިލްމް އަށް ލިބުނު ތަރުހީބު ބޮޑެވެ.

މިދިޔަ އަހަރު އިންޑިއާގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އާރްއާރްއާރް" އަކީ ބައިނަލްއަގުވާމީ ގިނަ އެވޯޑްތަކެއް އެކި ކެޓަގަރީން މިހާތަނަށް ހޯދާފައިވާ ފިލްމެކެވެ. އެ ފިލްމަކީ އިންޑިއާގެ ސިނަމާގެ ވަރުގަދަކަން ބޭރު ދުނިޔެ އަށް ސާބިތުކޮށް ދިން "ބާހްބަލީ" ގެ ދެ ފިލްމު ވެސް ޑައިރެކްޓްކުރި އެސްއެސް ރާޖަމޯލީގެ ފިލްމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *