ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

މަރުވީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 48 އަހަރުގެ މީހެކެވެ. އޭނާ މަރުވީ އއ. އަތޮޅުގައި ބަނދަރުކޮށްގެން އޮތް ސަފާރީއަކުން މޫދަށް ފޭބި ފަހުންނެވެ.

އޭނާ މޫދުން ނަގައިގެން މާގިނައިރު ތަކެއް ނުވަނީސް ވަނީ ހޮސްޕިޓަލަކަށް ގެންދެވިފައެެވެ. ނަމަވެސް އޭރުވެސް އޭނާ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ކުރަމަތި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ޖަރުމަނު ފަތުރުވެރިޔަކު ވެސް މިދިޔަ ހަފްތާގެ ތެރޭގައި ގެނބިގެން މަރުވެފައިވެއެވެ.

ރާއްޖޭގައި ފަތުރުވެރިން ގެނބިގެން މަރުވާ މައްސަލަތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *