ކޮމިއުނިޓީ ސޭފްޓީ ޕްރޮގްރާމް ހިންގުމަށް 6 ފަރާތަކާއިއެކު ސޮއިކޮށްފި

ކޮމިއުނިޓީ ސޭފްޓީ ޕްރޮގްރާމް ހިންގުމަށް 6 ފަރާތަކާއިއެކު ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2023 12:42
0

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އަހަރަށް ހާއްސަކޮށްގެން "ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް" ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފަސް ފަރާތަކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިއުނިޓީ އެންގޭޖްމަންޓުގެ ގޯލްޑް ސްޕޮންސަރ ސޮލަރެލް އިންޝުއަރެންސް ކޮމްޕެނީ، މީޑިއާ ޕާޓްނަރ އެސް.އެސް ޓީވީ، އެސޯސިއޭޓް ޕާޓްނަރ ސިމްޑީ ކޮމްޕެނީ، އެސޯސިއޭޓް ޕާޓްނަރ އައިކެއަރ އޮޕްޓިކަލްސް، އަދި ޕާޓްނަރ އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީއާ ދެމެދުއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފަހުމުނާމާތަކުގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުއެވެ. ސޮލަރެލް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ދީޕްތާ ދިއަސްއެވެ.

އެސް.އެސް ޓީވީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރ މުޙައްމަދު ޒަހީންއެވެ. ސިމްޑީ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ޔޫޝައު ސައީދުއެވެ. އައިކެއަރ އޮޕްޓިކަލްސްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިންގ އެންޑް ބިޒްނަސް މެނޭޖަރ އަޒްމާ ޢަބްދުލް ފައްތާހުއެވެ. އަދި އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޯ ފައުންޑިންގ ޕްރެޒިޑެންޓް އާމިނަތު ރީމާއެވެ.

މިއަދު މި ސޮއިކުރެވުނު ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް އެއްބަސްވުމުގެ ދަށުން ކޮމިއުނިޓީ އެންގޭޖްމަންޓު ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.