ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ ހަރަކާތް ރޭވުމުގައި އިތުރު 2 މީހަކު ހައްޔަރު ކޮށްފިއެއެވެ.
ފުލުހުން ބުނެފައިވަނީ މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ތިމަރަފުށިން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރެއިން އެކަކީ އެރަށު އެއާޕޯޓުގައި މަސައްކަތް ކުރަމުންދާ މީހެކެވެ. އަދި އަނެއް މީހާއަކީ އެރަށު ސުކޫލުގެ ޓީޗަރެކެވެ.
ފުލުހުން ކާމިޔަބް ކަމާިއއެކު ހުއްޓުވި މިއޮޕަރޭޝަންގައި މީގެ ކުރިން 6 މީހަކު ހައްޔަރުކޮށްފައިވެއެ. މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުނެއެވެ.
ރާއްޖޭގައި ދޭތެރެ ދޭތެރެއިން ހަރުކަށި ފިކުރުގެ މީހުން ޓެރަރިޒަމްގެ ހަމަލާތައް ރާވައި ހިންގުމަށް މަސައްކަތްކުރެއެވެ. އަދި ރާއްޖެއިން ބޭރަށްވެސް ގިނަ އަދަދެއްގެ ދިވެހިން ހަނގުރާމަތަކަށްގޮސް ހަރުކަށި ޖަމާއަތްތަކާއި ގުޅިގެން ހަގުރާމަތަކުގައި ބައިވެރި ވުމަކީވެސް ދޭތެރެ ދޭތެރެއިން ފެންނަމުންދާކަމަށެވެ.
ކޮމެންޓު ފޮނުވާ