ބަންދަރީ ދޯނިން 14 ޓަނުގެ ކަންނެލި ބާނައިގެން 8 ލައްކައަށްވުރެ ގިނަ ރުފިޔާ

ބަންދަރީ ދޯނިން 14 ޓަނުގެ ކަންނެލި ބާނައިގެން 8 ލައްކައަށްވުރެ ގިނަ ރުފިޔާ

Author
އަޒްފާ ރަޝީދު
09 މާރޗް 2023 02:19
0

ފީއަލީގެ "ބަންދަރީ" ދޯނިން 14 ޓަނުގެ ކަންނެލި އެންސިސް ފިޝަރީޒްއަށް ކިރުވާ، 8 ލައްކަައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. މީގެކުރިން އެންމެ ގިނައިން ކަންނެލި ކިރުވީ ހއ. އިހަވަންދޫގެ މާހޯރަ ދޯނިއެވެ.

އެންސިސް ފިޝަރީޒްއިން ހާމަކޮށްފައިވާ ގޮތުގައި ފ.ފީއަލީގެ ބަންދަރީ ދޯނިން 14 ޓަނުގެ ކަންނެލި ބާނާފައިވާކަމަށެވެ. އަދި މިދޯންޏަށް ގާތްގަނޑަކަށް 85000 ( އައް ލައްކަ ފަންސާސް ހާސް) ރުފިޔާ ލިބޭނެކަމަށް ބުނެފައިވެއެވެ. އަދި މަސް ކިރާ ނިމޭއިރަށް ބަންދަރީ ދޯންޏާއި އެފައިސާ ހަވާލުކުރާނެ ކަމަށް ވެސް އެންސިސްއިން ހާމަކޮށްފައިވެއެވެ.

މީގެކުރިން މިރެކޯޑް އޮންނަނީ ހއ. އިހަވަންދޫގެ މާހޯރާ ދޯނީގައެވެ. މާހޯރަ ދޯނިން ވަނީ އެންސިސްއަށް 11 ޓަނުގެ މަސް ކިރުވާ 651137 (ހަ ލައްކަ ފަންސާސް އެއްހާސް އެއްސަތޭކަ ތިރީސް ހަތެއް) ރުފިޔާ ހޯދާފައެވެ.

ފީއަލި އަކީ މަސްވެރި ރަށެކެވެ. އެގޮތުން މިހާރުވެސް ފީއަލީގައި ކަންނެލި މަސްވެރިކަން ކުރާ 12 ދޯނި ހަރަކާތްތެރިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.