އައްޑޫ ސިޓީގެ ހިތަދޫގައި 200 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީގެ ހިތަދޫގައި 200 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

Author
ހުސެއިން
09 މާރޗް 2023 12:24
0

އައްޑޫ ސިޓީގެ ހިތަދޫގައި ޑިޒައިން އެންޑް ބިޑް އުސޫލުން 200 ހައުސިންގ ޔުނިޓް އަޅާދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

މި ބިޑަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން މިހާރު ހުޅުވާލާފައި ވާއިރު، މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބިޑްފޮތް ގަންނަން ޖެހެނީ 500 ރުފިޔާގެ ފީއެއް ދެއްކުމަށް ފަހުގައެވެ.

އަދި މި މަސައްކަތަށް ބިޑް ހުށަހަޅާ ފަރާތްތަކުން 1،100،000 ރުފިޔާ ނުވަތަ އެއާއެއްވަރަށް ޑޮލަރު ބިޑް ސެކިއުރިޓީގެ ގޮތުގައި ބަހައްޓަން ޖެހެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ބިޑް ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚަކީ އަންނަ އެޕްރިލް މަހުގެ 5 ވަނަ ދުވަހެވެ.

އައްޑޫ ސިޓީގައި 200 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން އިއުލާން ކޮށްފައިވާއިރު، ފާއިތުވެދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކުރިން އައްޑޫ ސިޓީގެ ކައުންސިލުންވަނީ އެސިޓީގެ 3 ރަށަކުން ގޯތި ދޫކުރުމަށްވެސް އިއުލާން ކޮށްފައެވެ. އެއީ ފޭދޫއިން 1،500 އަކަފޫޓުގެ 300 ގޯއްޗާއި، ހިތަދޫންއިން ދޫކުރާ 1500 އަކަފޫޓްގެ 500 ގޯއްޗާއި އަދި އޭގެ އިތުތުން މީދޫއާއި ހުޅުދޫއިން ދޫކުރާ 2،000 އަކަފޫޓުގެ 100 ގޯއްޗެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.