ހާޓް އެޓޭކެއް ޖެހިގެން ސަތިޝް ކޯޝިކް މަރުވެއްޖެ

ހާޓް އެޓޭކެއް ޖެހިގެން ސަތިޝް ކޯޝިކް މަރުވެއްޖެ

Author
ފާތިމަތު ނާވީ
09 މާރޗް 2023 12:56
0

މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ސަތީޝް ކޯޝިކް ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ. އޭނާ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައިއެވެ. މަރުވި އިރުގައި އުމުރުން 66 އަހަރެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގުރްގުއާންގެ ފޯޓިސް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ޝަތީޝް މުމްބާއީއަށް އިތުރު ފަރުވާ އަށް ވެސް ގެންދިއެވެ. ހޮސްޕިޓަލުން ބުނ ާގޮތުގައި ސަތިޝް މަރުވީ ނޭވާލާން އުނދަގޫވާ ކަމަށް ބުނުމުން ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި އެވެ.

ޝަތީޝް މަރުވުމާއި ގުޅިގެން ބޮލީވުޑްގެ އެތައް ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ. އޭނާ އަކީ ގިން ފިލްްމ ތަކެއްގައި ސަޕޯޓިން ރޯލު ކުޅެފައިވާ ކުޅަދާނަ އެކްޓަރކެވެ.

 

View this post on Instagram

 

A post shared by Anupam Kher (@anupampkher)

އާންމުކޮށް ކޮމެޑީ ރޯލްތަކުން ފެންނަ އަދި އެފަދަ ރޯލުތަކުން ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ ސަތިޝް އަކީ މިހާތަނަށް ބޮލީވުޑްގެ މަޝްހޫރު ވަރަށް ގިނަ ތަރިންނާ އެކީ މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. ސަތިޝް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހު ޒީ5 އިން ޕްރީމިއާކުރި ބަތަލާ ރަކުލް ޕްރީތު ސިންގުގެ "ޗަތުރީވާލީ" އިންނެވެ.

ސަތީޝް އަކީ އިންޑިއާގެ އެކްޓަރެއް، ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް، ކޮމީޑިއަން އަދި ސްކްރީން ރައިޓަރެކެވެ. ތިއޭޓަރުގެ ދާއިރާއިން ކެރިއަރު ފެށި ޝަތީޝް އަކީ އިންޑިއާގެ ނޭޝަނަލް ސްކޫލް އޮފް ޑްރާމާ އެންޑް ފިލްމް އެންޑް ޓެލެވިޒަން އިންސްޓިޓިއުޓްގެ ގްރެޖުއޭޓް އެކެވެ.

ޝަތީޝް ގެ މަގުބޫލު ފިލްމް ތަކުގެ ތެރޭގައި "މާސޫމް"، "މިސްޓަ އިންޑިއާ"، "ސާގަރް"، "ދީވާނާ މަސްތާނާ" "ޕަރުދޭސީ ބާބޫ" ފަދަ ފިލްމް ތަށް ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން އޭނާ ޑައިރެކްޓް ކުރި މަގުބޫލު ފިލްމް ތަކުގެ ތެރޭގައި "ހަމާރާ ދިލް އާޕް ކޭ ޕާސް ހޭ" "ތޭރޭ ނާމް" "މިލޭގޭ މިލޭގޭ" އަދި "ހަމް އާޕް ކެ ދިލް މޭ ރެހެތޭ ހޭ" ފަދަ ފިލްމް ތަށް ފާހަގަ ކޮށްލެވެއެވެ.

 

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.