އުތުރުގެ ރަށެއްގައި އަންހެނަކާއި އޭނަގެ 3 ދަރިންނަށް ޖިންސީ ގޯނާ ކުރަމުންދާ މައްސަލައެއްގައި ހައްޔަރު ކުރި 2 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ މިދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބޭތިއްބުމަށް ކަމަށެވެ.
އުތުގެ ރަށެއްގައި އަންހެނަކާއި އޭނާގެ 3 ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާއާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރު ކޮށްފައިވާ 2 މީހަކުންނަކީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކާއި، 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެ ތެރެއިން 39 އަހަރުގެ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ. އަދި 24 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ.
39 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ 10:30 ގައެވެ. އަދި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ހެދުނުގެ 9:51 ގައެވެ. މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަ ތަކަކށް ވުމާއިއެކު، ރައްޔިތުން މިފަދަ މައްސަކަތަކަށް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ