މި މަހުގެ 8 ވަނަ ދުވަހުގައި ރިލީޒް ކުރާ ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރުގެ ރޮމް ކޮމް ފިލްމް "ތު ޖޫޓީ މޭ މައްކާރް" އަށް ފަހު ދިގު ބްރޭކެއް ނެގުމަށް ނިންމައިފިއެވެ.
ރަންބީރު ވަނީ 6 މަސްދުވަހުގެ ދިގު މުއްދަތުގެ ބްރޭކެއް ނަގައިފައިއެވެ. މީޑީއާއިން ބުނާ ގޮތުގައި އޭނާ މި ބްރޭކަކީ އާއިލާ އާއި އެކުގައި ވަގުތު ހޭދަކުރުމަށް ނަގައިފައިވާ ބްރޭކެކެވެ.
މިދިއަ އަހަރުގެ އެޕްރިލް 14 ވަނަ ދުވަހުގައި ކައިވެނި ކުރި ފަހުން ރަންބީރު އަދި އަންހެނުން ބަތަލާ އާލިއާ ބަޓް އުޅެމުން އައީ ވަރަށް ބިޒީ ޝެޑިއުލް އެއްގައިއެވެ. އެހެންކަމުން ދެމީހުން އެކުގައި އެހާ ގިން ވަގުތު ހޭދަ ކުރެވޭގޮިތް ވަނީ ނުވެފައިއެވެ.
ކައިވެނި ކުރިތާ މާގިނަ ދުވަހެއް ނުވެ އާލިއާ ވަނީ އޭނާ އަލަތު ދަރިފުޅަށް ބަލިވެ އިންކަން އިއުލާން ކޮށްފައިއެވެ. އޭނާ ވިހެއީ މިދިއަ ނިވެމްބަރު މަހުގެ 6 ވަނަދުވަހުގައިއެވެ. ކައިވެންޏަށް 7 މަހުގައި އާލިއާ ވިހެއިކަން އިއުލާން ކުރީ އިންސްތްގާރްމގައި ކުރި ޕޯސްޓެއްގައިއެވެ. އެމީހުންނަށް ލިބުނީ އަންހެން ކުއްޖެކެވެ. ނަމަކީ ރަހާ ކަޕުރެވެ.
ރަންބީރު ކުރިއަށް އޮތް ފިލްމް އަކީ "ތު ޖޫޓީ މޭ މައްކާރް" އެވެ. ލަވް ރަންޖަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ގެ ލީޑުން ރަންބީރު އާއި އެކުގައި ފެނިގެންދާނީ ޝްރައްދާ ކަޕޫރުއެވެ.
ރަންބީރު މި ޗުއްޓީގެ ބޭނުން ވަރަށް ރަނގަޅަށް ހިފާނެ ކަމުގައި ބެލެވެއެވެ. އެގޮތުން އޭނާ ވަނީ މިއަދު ދަރިފުޅާއި އެކުގައި އެއާޕޯޓް އިން ފެނިގެން ގޮސްފައިއެވެ. ދާދި މިދާކަށް ދުވަހުގައި ދިން އިންޓަވިއު ތަކުގައި ރަންބީރު ބުނެފައިވަނީ އޭނާ ދަރިފުޅު މަތިން އަދި އާލިއާ މަތިން ވަރަށް ބޮޑަށް ހަދާން ވާ ކަމަށެވެ. އޭރުގައި އާލިއާ ހުރީ ދަރިފުޅު ގޮވައިގެން ކަޝްމީރުގައިއެވެ.
އޭނާ ކްޝްމީރުގައި ކުރިއަށް ގެންދިއައީ ލަވައެއްގެ ޝޫޓިންއެކެވެ. މީ ވިހެއި ފަހުން އާލިއާ ކުރާ ފުރަތަމަ މަސައްކަތެވެ. މި ލަވަ އަކީ އާލިއާގެ ކުރިއަށް އޮތް ފިލްމް "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ގައި ބަކީ އޮތް ހަމަ އެކަނި ޝޫޓިން އެވެ.
ރަންބީރު 6 މަސްދުވަހުގެ ދިގު ބްރޭކް އަކަށް ދިއައިރުގައި އާލިއާ ވެސް ސޮއި ކޮށްފައި އޮތް އަވަހަށް ޝޫޓިން ފަށާނެ އެއްވެސް ޕްރޮޖެކްޓެއް ނެތެވެ. އެހެން ކަމުން ދެމީހުންނަށް ދަރިފުޅާއި އެކުގައި ރަނގަޅޫ ޗުއްޓީއެއް ހަދައިލެވޭނެ ކަމަށް ބެލެވެއެވެ.