"ހިނދުކޮޅެއް" ސްޓްރީމްކުރަން ފަށައިފި

"ހިނދުކޮޅެއް" ސްޓްރީމްކުރަން ފަށައިފި

Author
ފާތިމަތު ނާވީ
07 މާރޗް 2023 05:03
0

ރީތި އެތައް ފިލްމުތަކެއް ގެނެސްދީފައިވާ ޑާކްރެއިން އެންޓަޓެއިންމަންޓުގެ 'ހިނދުކޮޅެއް' މީޑިއާނެޓުގެ ވިޑިއޯކްލަބް އިން ސްޓްރީމު ކުރަން ފަށައިފި އެވެ.

މިދިއަ މަހުގައި ޓްރެއިލާ ވެސް ދައްކައިލައިފައިވާ މި ފިލްމް އަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އަލީ ޝިފާއު (ޗިއްޕެ) ގެ ޑައިރެކްޝަނެކެވެ. މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުވާދު ޕްރޮޑިއުސްކޮށްފައިވާ "ހިނދުކޮޅެއް" އެއީ އަހުމަދު ތޮލާލުގެ ވާހަކައަކަށް ހަދާފައިވާ ފިލްމެކެވެ.

"ހިނދުކޮޅެއް" މީޑިއާނެޓުގެ ވީޑިއޯކުލަބާއި އެމްއެސްޓީވީ އަދި އެމްއެސް ލައިޓަށް މިހާރު ރިލީޒް ކޮށްފައިވާއިރު، ސްމޯލް ސްކްރީނުން ވީޑިއޯކްލަބްގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް މާޗު 23 ވަނަ ދުވަހުން ފެށިގެން ފޯނުން އެ ފިލްމު ބަލައިލެވޭނެއެވެ.

"ހިނދުކޮޅެއް" ލީޑް ތަރިންނަކީ ޑާކް ރެއިނުން މިދިޔަ މަހު އޮލިމްޕަސް ސިނަމާ އަށް ގެނައި "ބީވީމާ" ގެ ރޯލެއް ކުޅުނު އައިމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފު އަބްދުﷲ އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރަވީ ފާރޫގާއި މަރިޔަމް މަޖުދާ (މަޖޫ) ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.