މާލެސިޓީ ކައުންސިލާއި އިސްލާމިކް ބޭންކް ގުޅިގެން ވިލިމާލޭގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ހުޅުވައިފި

މާލެސިޓީ ކައުންސިލާއި އިސްލާމިކް ބޭންކް ގުޅިގެން ވިލިމާލޭގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ހުޅުވައިފި

Author
ހުސެއިން
05 މާރޗް 2023 09:35
0

މާލެސިޓީ ކައުންސިލާއި އިސްލާމިކް ބޭންކް ގުޅިގެން ވިލިމާލޭގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ހުޅުވައިފިއެވެ.

ވިލިމާލޭގައި ގާއިމް ކުރި އިސްލާމިކް ބޭންކްގެ އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ މާލެސިޓީގެ މޭޔަރ ޑރ . މުޙައްމަދު މުޢިއްޒު އަދި އިސްލާމިކް ބޭންކްގެ ޗެއާމަން މަޖިދް ރަޙްމާން އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލާ ގުޅިގެން އިސްލާމިކްބޭންކްގެ އޭޓީއެމެއް ވިލިމާލޭގައި ހުޅުވިގެންދިއުމަކީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ރައްޔިތުންނަށް މިފަދަ އެކިކަންކަން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މޭޔަ މުޢިއްޒު ވަނީ ދެއްވާފައެވެ.

ވިލިމާލޭގައި ގާއިމްކުރި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭޓީއެމްގެ ބިންގާ އަޅުއްވައިދެއްވީ 2022 ވަނައަހަރުގެ ފެބްރުއަރީ 21 ގައި މާލޭ ސިޓީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒާއި އިސްލާމިކް ބޭންކްގެ ފަރާތުން އަރީފުއްރަޙްމާނެވެ.

މާލެ ސިޓީ ކައުންސިލުން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ވިލިމާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.