ދަރިފުޅު ރަހާ ކަޕޫރާއި އަންހެނުން އާލިއާ ބަޓް މަތިން ވަރަށް ހަދާންވާ ކަމަށް ރަންބީރު ކަޕުރު ބުނެފިއެވެ. ރަހާ އާއި އެކުގައި އާލިއާ ހުރީ ކަޝްމީރުގައި އޭނާގެ ފިލްމް ގެ ލަވައެއް ނެގުމަށް ގޮހެވެ.
މި އީ ދަރިފުޅު ލިބުން ފަހުން އާލިއާ ކުރާ ފުރަތަމަ ޝޫޓްއެވެ. އޭނާ ކަޝްމީރުގައި ނަގަމުން އަންނަ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން ޝޫޓް ނުކުރެވި އޮތް ހަމައެކަނި ލަވަ އެވެ.
ރަންބީރު މި ވަގުތު ބިޒީވެގެން އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ތޫ ޗޫޓީ މޭ މައްކާރް" ގެ ޕްރޮމޯޝަންގައިއެވެ. މި ފިލްމްގައި ރަންބީރު އާއި އެކުގައި ލީޑުން ފެނިގެންދާނީ ޝްރައްދާ ކަޕުރެވެ.
މި ފިލްމު ޕްރޮމޯޓް ކުރުމަށް ދާދި ފަހުން ބޭއްވި އިވެންޓެއްގައި ރަންބީރު ބުނީ ކަޝްމީރުން އެނބުރި އަންނައިރު އާލިއާ ބަޓާއި ރަހާއާ ބައްދަލު ކުރާ ހިތުން ކެތް މަދުވެފައި ވާކަމަށެވެ. އާލިއާ ދިއައީ ފަސް ދުވަހަށް ކަމަށް އޭނާ ވަނީ ބުނެފައިއެވެ. ރަންބީރު ބުނީ އާ މައިންބަފައިންގެ ހައިސިއްޔަތުން އާލިއާ އާއި އޭނާ ވެސް މަސައްކަތް ކުރަނީ ބަހައިލައިގެން ރަހާގެ މަސްއޫލިއްޔަތުތައް އަދާ ކުރެވޭތޯ ކަމަށެވެ.
މި ފިލްމް އަކީ އާލިއާ ވިހެއުމުގެ ކުރިން ޝޫޓިން ނިންމައިފައި އޮތް ފިލްމް އެކެވެ. އާލިއާ ބަނޑުބޮޑުކަން އިއުލާން ކުރުމާއި އެކުގައި ފިލްމް ގެ ލަވަ ޝޫޓް ނުކުރެވި އޮތީއެވެ.
ކުރިން ނިންމައިފައި އޮތީ މި ލަވަ ޔޫރަޕުގައި ޝޫޓް ކުރުމަށެވެ. ނަމަވެސް ދަރިފުޅު ބާއްވާފައި އެހާ ދުރު ހިސާބަކަށް ދާން އަދި އާލިއާ ބޭނުން ނުވާތީ ފިލްމްގެ ޑައިރެކްޓަރު ކަރަން ވަނީ ކަޝްމީރުގެ ހިތްގައިމު ހިސާބުތަކުގައި ލަވަ ނެގުމަށް ނިންމައިފައިއެވެ.
މީގެ ތިން ދުވަސް ކުރިން ފެށިގެން ލަވައިގެ ޝޫޓިން ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. މި ލޯބީގެ ލަވަ އަކީ ކަރަން، އޭނަ މެންޓޯއެއްގެ ގޮތުގައި އަބަދު ވެސް ބަލަމުން އައި ކުރީގެ ޑައިރެކްޓަރު ޔާޝް ޗޯޕްޅާ އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި ހަދާ ލަވައެކެވެ.
އާލިއާ އާއި ރަންބީރު ކައިވެނި ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު މުމްބާއީގެ ގެ ވަސްތޫގަ އެވެ. ވަރަށް ޕްރަިއވެޓްކޮށް ބޭއްވި މި ކަިއވެނީގައި ބައިވެރި ވެފައި ވަނީ ގާތް ރަހުމަތްތެރިންނާއި އާއިލާގެ މަދުބައެކެވެ. އާލިއާ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް އަންހެން ދަރިފުޅު އުފަންވިކަން އިއުލާންކުރީ ނޮވެމްބަރު 6، 2022 ގަ އެވެ.
ކޮމެންޓު ފޮނުވާ