ޕްރިޔަންކާގެ ކުރިއަށް އޮތީ "އެސިއުމް ނަތިންގް"

ޕްރިޔަންކާގެ ކުރިއަށް އޮތީ "އެސިއުމް ނަތިންގް"

Author
ފާތިމަތު ނާވީ
06 މާރޗް 2023 01:25
0

ބޮލީވުޑް އާއި ހޮލީވުޑްގައި ވެސް މަޝްހޫރު އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާ ސީރީޒެއްގެ މަސައްކަތްކުރަމުން އަންނަ ކަމުގެ އިޝާރާތެއް ދީފި އެވެ.

ޕްރިޔަންކާގެ އެންމެ ފަހުގެ ސީރީޒް "ސިޓަޑޭލް"ގެ ޓީޒާ ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެވަނަ ޑްރާމާއެއްގެ ވާހަކަ އޭނާ ބުނެފައިވާ އިރުގައި "ސިޓަޑެލް" އަކީ ވަރަށް އުންމީދީ އެއްޗެކެވެ.

ޕްރިޔަންކާ ވަނީ އޭނާ އެހްނެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ދާކަމަށް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިއެވެ. އޭނާ ޝެއާ ކުރި  އާޓިކަލްއެއްގައިވާ ގޮތުން، ޕްރިޔަންކާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި "ޕާޕްލް ޕެބްލް ޕިކްޗާސް" އާއި އެމަޒޯން ސްޓޫޑިއޯސްއާ ދެމެދު މިހާރު އަންނަނީ "އެސިއުމް ނަތިން"ގެ ނަން ދީފައިވާ ސީރީޒެއް ހެދުމުގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.

ޓާނިޔާ ސެލްވަރަޓްނަމް އަމިއްލައަށް ތަޖުރިބާ ކުރި ޖިންސީ ގޯނާގެ ހާދިސާއަކަށް ލިޔެފައިވާ "އެސިއުމް ނަތިން؛ އަ ސްޓޯރީ އޮފް އިންޓިމެޓް ވައިލެންސް" ފޮތަށް ބިނާކޮށް ތައްޔާރުކުރާ ވެބް ސީރިޒްގައި އޭނާ ފެނިގެންދާނީ ލީޑުން ކަމަށް ވެއެވެ. އަދި ހަމަ އެއާއި އެކުގައި މި ވެބް ސީރީޒް ޕްރޮޑިއުސް ވެސް ކުރާނި އޭނާ ކަމަށްވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.